އެފްއޭ ކަޕް
3 ލިޔުން
ހަބަރުމިނިސްޓަރުން އިސްތިއުފާ ދެއްވީ މުއިއްޒު އަންގަވައިގެން
ސަރުކާރުގެ އިސްލާހީ ބަދަލުތަކުގެ ދަށުން ރައީސް މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް 10 މިނިސްޓަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން 33 އިންސައްތަ މަދުކުރުމަށް ނިންމާފައިވާއިރު، ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ވެސް ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ.
ހަބަރުހުލާސާކޮށް އިއްޔެ:އެމްޑީޕީގެ ގައުމީ މަޖިލީހުން ނަޝީދަށް ގޮނޑިއެއް
އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް ރައީސް ނަޝީދަށް ގައުމީ މަޖިލީހުގެ ގޮނޑިއެއް ދިނުމަށާއި، ވަކިކުރި ބައެއް ބޭފުޅުންގެ މަގާމުތައް އިއާދަކުރުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. މީގެ އިތުރުން މާލޭ މަސް މާރުކޭޓުގައި ނަޖިސް ފެނުން މަސް ދޮންނަ މައްސަލައަކާއި، އެމްޓީސީސީގެ ޓެކްސީ ހިދުމަތާ މެދު ޑްރައިވަރުންގެ ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފަ
