އެމްއައިބީން ހިއްސާދާރުންނަށް 129.6 މިލިއަން ރުފިޔާ ބަހަނީ
މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) ގެ 16 ވަނަ އަހަރީ އާންމު ޖަލްސާގައި، ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި 129.6 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ. މިއީ ކޮންމެ ހިއްސާއަކަށް 5.41 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން، މި ޖަލްސާގައި ބެންކުގެ މާލީ ބަޔާންތައް ފާސްކޮށް، ކުރިއަށް އޮތް އަހަރަށް އެކްސްޓާނަލް އޮޑިޓަރުން ވަނީ އައްޔަންކޮށްފައެވެ.