ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރު ކުއްޖާ އޮތީ ވެންޓިލޭޓަރުގަ
ލ. ގަމުގައި އީދަށް ތައްޔާރުވުމުގެ ތެރޭގައި ކަރަންޓު ބޯޑަކުން ކަރަންޓު ނަގަން އުޅުމުގެ ތެރޭގައި ޖެހުނު 14 އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި އެ ކުއްޖާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭނާ މާލެ ގެނައީ އިތުރު ފަރުވާއަށެވެ.