އިސްލާމިކް މިނިސްޓްރީން އީދު ފާހަގަކުރަން ޕްލޭނެއް އެކުލަވާލަނީ
އަންނަ އަހަރުން ފެށިގެން މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައި. މި ޕްލޭންގެ ދަށުން ކައުންސިލްތަކާއި އިސްލާމީ މަދަނީ ޖަމިއްޔާތަކާ ގުޅިގެން، އީދު ފާހަގަކުރެވޭނެ މަގެއް ހޯދުމަށް ވަނީ ހަމަޖެހިފައި.