ފުލުހުންނަށް ހެދިގެން އިކުއެޑޯ ޑްރަގް ލޯޑެއްގެ ކޮއްކޮ މަރާލައިފި
އިކުއެޑޯގެ ނުފޫޒުގަދަ ކުށްވެރި ގްރޫޕެއް ކަމަށްވާ "ލޮސް ޗޮނޭރޯސް" ގެ ލީޑަރުގެ ކޮއްކޮ، ޑޭވިޑް މަކިއަސް، ފުލުހުންގެ ހެދުމުގައި ތިބި ބަޔަކު ބަޑިޖަހައި މަރާލައިފިއެވެ. މި ހަމަލާ ދީފައިވަނީ އޭނާ ކުއްޔަށް ހިފައިގެން އުޅުނު ގެއަށް ވަދެ ކަމަށާއި، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.