އޭއައި އަށް ބަރޯސާވުމަކީ ބުއްދިވެރިކަމަށް ނުރައްކަލެއް
އޭއައި ބޭނުންކޮށްގެން ކަންކަމަށް ވަގުތުން ޖަވާބު ހޯދުމުގެ ސަގާފަތުގެ ސަބަބުން، އިންސާނުންގެ އަމިއްލަ ފިކުރާއި ކަންކަން ހޯދައިބެލުމުގެ ގާބިލުކަން ކުޑަވެދާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުގެ ރޯޔަލް އޮބްޒަވޭޓަރީން ވަނީ ދީފައެވެ. އެ މުއައްސަސާއިން ފާހަގަކުރާ ގޮތުގައި، އޭއައި އަށް މުޅިން ބަރޯސާވުމަކީ ކަންކަމާ ސުވާލުކުރުމާއި އިލްމީ އާ އީޖާދުތައް އުފެއްދުމަށް އޮތް ހުރަހެކެވެ.