"ފްރެންޑްސް"ގެ ޑައިރެކްޓަރު ބަރޯސް މަރުވެއްޖެ
"ފްރެންޑްސް" އާއި "ޗިއާސް" ފަދަ މަގުބޫލު ސިޓްކޮމްތައް އުފެއްދި ލެޖެންޑަރީ ޑައިރެކްޓަރު ޖޭމްސް ބަރޯސް އުމުރުން 85 އަހަރުގައި މަރުވެއްޖެއެވެ. ފަންސާސް އަހަރަށް ވުރެ ދިގު އޭނާގެ ފަންނީ ދާއިރާގައި 1،000 އަށް ވުރެ ގިނަ އެޕިސޯޑު ޑައިރެކްޓްކޮށް، 11 އެމީ އެވޯޑު ކާމިޔާބުކޮށްފައިވެއެވެ. އޭނާ މަރުވުމާ ގުޅިގެން ހޮލީވުޑްގެ ގިނަ ފަންނާނުން ދަނީ ހިތާމަފާޅުކޮށް ތައުޒިޔާ ފޮނުވަމުންނެވެ.