މަދު ދުވަސްކޮޅެއްގެ ތެރޭގައި ތުތި ބޯވަދިލަމަސްވެރިކަން މަރު
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފް ކުރުމަށް ވީ ވައުދު ފުދިއްޖެ ކަމަށް ސަރުކާރުން ބުނާއިރު މިވަގުތު އެއްވެސް ވަރަކަށް އެ މަސްވެރިކަމެއް ރާއްޖެއަކު ނެތް. މާކެޓު ނެތިގެން މިފްކޯއަށް ގަތުން ހުއްޓާލިއިރު އަދިވެސް ހަތް ޓަނު ނުވިކި އެބަހުރި. މަސްވެރިންގެ ބޮލުގައި އެޅުނީ ލޯނެއް.