ލީވާންއަށް އެމްއެންޔޫ ޑީންސް އެވޯޑު
އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކިޔަވަމުންދާ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކޯހުން އެންމެ މަތީ ނަތީޖާ ހޯދައިގެން އެމްއެންޔޫގެ ޑީންސް އެވޯޑު ހާސިލުކޮށްފިއެވެ. މި އެވޯޑަކީ ކޮންމެ ސެމިސްޓާއެއްގައި ކޯސްތަކުން އެންމެ މަތިން ފާސްވާ ދަރިވަރުންނަށް މިއަހަރު އަލަށް ދޭން ފެށި އެވޯޑެކެވެ.