ހޮހޮޅައިން ފަހުން ނެގި ހަތަރު މީހުންގެ ހަށިގަނޑު މިރޭ ފޮނުވާލަނީ
ވާވު އަތޮޅު ކަނޑުއަޑީގެ ހޮހޮޅައެއްގައި ތާށިވެގެން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު މިރޭ އެގައުމަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ހާދިސާގައި މަރުވި ދިވެހި ސިފައިންގެ މީހާގެ މަރާއި ޑައިވަރުން މަރުވި މައްސަލަ ދިވެހި އަދި އިޓަލީ ސަރުކާރުން ދަނީ ތަހުގީގު ކުރަމުންނެވެ.