އޭއައި ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ވެކްސިން ޓެސްޓު ކުރަނީ
އޭއައި ބޭނުންކޮށްގެން ފަރުމާކުރި ދުނިޔޭގެ ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށާފައިވާއިރު، މިއީ ކޮވިޑްގެ ހުރިހާ ބާވަތްތަކަކާއި ކުރިމަގުގައި ފެތުރިދާނެ ވައިރަސްތަކުން ރައްކާތެރިކޮށްދޭނެ ވެކްސިނެކެވެ. ކެމްބްރިޖް ޔުނިވަސިޓީން އުފެއްދި މި ވެކްސިނަކީ ވައިރަހަށް ބަދަލު އައި ނަމަވެސް ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެ ދެނެގަނެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ، ރައްކާތެރިކަން ކަށަވަރުކުރެވިފައިވާ އީޖާދެކެވެ.