ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް ބައިނަލްއަގުވާމީ ޖަމިއްޔާއަކަށް
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް ބައިނަލްއަގުވާމީ ޖަމިއްޔާއަކަށް ބަދަލުކުރުމަށް ބޭނުންވާ އެއްބަސްވުންތައް ނިމިފައިވާކަން އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާމަކުރައްވައިފިއެވެ. މި ޖަމިއްޔާގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންޑިއާގެ ބޭފުޅަކު އައްޔަންކުރުމަށް މެންބަރު ގައުމުތަކުން އެއްބަސްވެފައިވާއިރު، މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.