އޭޝިއާގެ ސްކޭމް ނެޓްވޯކްތަކުން 63 މީހުން ހައްޔަރުކޮށްފި
ބައިނަލްއަގުވާމީ ތަންފީޒީ އިދާރާތަކާއި މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، އޭޝިއާގެ ސްކޭމް ނެޓްވޯކްތަކަކަށް ނިސްބަތްވާ 63 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ އޮންލައިން އެކައުންޓްތައް ވަނީ ނައްތާލާފައެވެ. މި ހަރަކާތުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ ގްރޫޕްތަކުގެ އެކައުންޓްތައް ބަންދުކުރުމުގެ އިތުރުން، ކުށްވެރި ނެޓްވޯކްތަކާ ގުޅުންހުރި 3 މިލިއަނަށް ވުރެ ގިނަ ޑޮލަރު ފްރީޒްކޮށް ބައެއް އިންޓަނެޓް ޚިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފައެވެ.