މާލޭ މަގުތައް ބަލަން ޗައިނާ ރެއިލްވޭ ކުންފުނީގެ ޓީމެއް އަތުވެއްޖެ
ޗައިނާގެ ހިލޭ އެހީގައި މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދިރާސާ އާއި ޑިޒައިން މަސައްކަތްތަކަށް ޗައިނާ ރެއިލްވޭ ޑިޒައިން ކުންފުނީގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މި މަޝްރޫއުގެ ދަށުން މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިސްކަންދޭނެ ކަމަށް ޗައިނާ ސަފީރު ވިދާޅުވެފައިވާއިރު، މިއީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެފައިވާ ކަމެކެވެ.