ކެނެޑާގައި ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަނީ
އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ކެނެޑާ ސަރުކާރުން "ސޭފް ސޯޝަލް މީޑިއާ އެކްޓް" ގެ ނަމުގައި ބިލެއް ހުށަހަޅައިފިއެވެ. މި ބިލުގެ މަގްސަދަކީ އިންޓަނެޓްގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުން އެކުދިން ރައްކާތެރިކުރުން ކަމަށްވާއިރު، މި ގާނޫނުގެ ދަށުން އޭއައި ޗެޓްބޮޓްތައް ރެގިއުލޭޓް ކުރުމަށްވެސް ވަނީ ހިމަނާފައެވެ.