އުޅުނީ ފައިސާ ދައްކާފައި ހުރި ބިލްތަކަށް އަގު ހޯދަން: އޮޑިޓް
ސެންޓާ އެންޓަޕްރައިޒަސް އިން ދައުލަތަށް ފޯރުކޮށްދިން މުދަލަށް ފައިސާ ނުލިބޭ ކަމަށް ބުނެ ކޯޓަށް ހުށަހެޅި ބިލުތަކަކީ ކުރިން ފައިސާ ދައްކާފައިވާ ބިލުތަކެއް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވޭ. މި މައްސަލައިގައި އެ ކުންފުނިން ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާތީ، އެކަމުގައި ހިމެނޭ އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ވަނީ އަންގާފައި.