ސިފައިންނަށް ފޭބެނީ 50 މީޓަރަށް، ހޮހޮޅަ ހުރީ އެއަށްވުރެ ފުނުގައި
ކަނޑުގެ 60 މީޓަރު އަޑީގައި ހުރި ހޮހޮޅައަކަށް ފޭބި ފަސް ޑައިވަރުން މަރުވި ހާދިސާގައި، ކޯސްޓްގާޑް ޑައިވަރުންނަށް މިހާރު ފޭބެނީ 50 މީޓަރާ ހަމައަށް ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން، މިއަހަރު ނިމުމުގެ ކުރިން 100 މީޓަރު އަޑިއަށް ޑައިވްކުރެވޭ ފެންވަރަށް ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.