ބީއެމްއެލްއަށް "ސީސީސީ-" ރޭޓިންއަކީ މޮޅެއްތަ؟ ކަމެއް ހައްލުވޭތަ؟
ބީއެމްއެލްގެ ކްރެޑިޓް ރޭޓިން އެ ބޭންކުން ސިފަކުރަނީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި. ނަމަވެސް އެ ރޭޓިންގައި ހުރި ވާހަކަތައް ނިއުޅާލުމުން ބޮޑު މަންޒަރުން ފެންނަނީ، ބަލިކަށި އިގުތިސޯދެއްގައި ތާށިވެފަ އޮތް ވަރުގަދަ ބޭންކެއް. މި ހާލަތާ ހުރެ ބޭންކުގައި ގިނަ ފައިސާ ހުރެފަ، ބޮޑު ފައިދާ ވިޔަސް ދަރަނި ލިބެން އޮތޯ ބޮޑު އަގުގައި އަދި ލިބެނީ ވަގުތީ ފަރުވާއެއް.