އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ގަރާރެއް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ޖޭއެސްސީ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު ހުށަހެޅީ އެ ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުނުވާތީ ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން، އެ ނިންމުމުގެ ޒިންމާ ޖޭއެސްސީން އުފުލަންޖެހޭނެ ކަމަށް ބުނެއެވެ.