ދިވެހި ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައި
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1،000 މީހުންގެ ތެރެއިން، ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި މީހާ ފިޔަވައި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތު ބިމުގައެވެ. ހޮސްޕިޓަލުގައި އޮތް ހައްޖުވެރިޔާވެސް އަރަފާތަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށާއި، ހުރިހާ ދިވެހި ހައްޖުވެރިންގެ ހާލުވެސް އާންމުގޮތެއްގައި ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.