އޯޕަންއޭއައިގެ ސިއްރުތަކެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ ކޯޓަށް
އޯޕަންއޭއައިގެ ކުރީގެ މުވައްޒަފަކު މެދުވެރިކޮށް އެ ކުންފުނީގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކޮށް، އެޕަލް ކުންފުންޏާ ދެކޮޅަށް އޯޕަންއޭއައި އިން ރައްދު ދައުވާކޮށްފިއެވެ. މި ދައުވާގައި އޯޕަންއޭއައި އިން ބުނެފައިވަނީ އެޕަލް އިން މިފަދަ އަމަލެއް ހިންގީ އޭއައި އާލާތްތައް އުފެއްދުމުގައި އޯޕަންއޭއައި އިން ހޯދަމުންދާ ކުރިއެރުންތަކަށް ހުރަސްއަޅައި ވާދަވެރިކަން ކުޑަކުރުމުގެ މަގުސަދުގައެވެ.