އަމްރިތާ ހޮސްޕިޓަލުން އަދިވެސް އާސަންދައިގެ ހިދުމަތް ނުލިބޭ
އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއެކު އާސަންދައިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އަގުތައް މުރާޖައާކުރާތީ އެ ހޮސްޕިޓަލަށް އަލަށް ބަލިމީހުން ފޮނުވުން ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައި. ނަމަވެސް ވަގުތީ ނިޒާމެއްގެ ދަށުން ކްރިޓިކަލް ކޭސްތަކާއި ފޮލޯއަޕްތަކަށް މިހާރުވެސް ރިފާކުރަމުންދާ ކަމަށް އާސަންދައިން ބުނޭ.