އެއާ އިންޑިއާ ބޯޓު ވެއްޓުމާ ގުޅޭ ތަހުގީގު އަދިވެސް ނުނިމޭ
އެއާ އިންޑިއާގެ ބޯޓު ވެއްޓި 250 މީހުން މަރުވި ހާދިސާއަށް އަހަރެއް ވެފައިވާއިރު، އެކަމުގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް އިންޑިއާގެ އޭއޭއައިބީ އިން ވަނީ ބުނެފަ އެވެ. ބޯޓުގެ އިންޖީނަށް ތެޔޮ ދިއުން ހުއްޓި ބާރު ކެނޑެން މެދުވެރިވި ސަބަބު ހޯދުމަށް ގިނަ ހެކިތަކެއް ދިރާސާކުރަމުންދާއިރު، ފައިނަލް ރިޕޯޓް ނެރޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.