ތަކެތީގެ އަގުތައް ފެންނަ "އަގުމަގު" ޕޯޓަލްގެ އެޕް ލޯންޗުކޮށްފި
ކާބޯތަކެތީގެ އަގުތައް ފަސޭހައިން ބަލައިލެވޭ "އަގުމަގު" ޕޯޓަލްގެ މޮބައިލް އެޕްލިކޭޝަން އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ލޯންޗުކޮށްފަ. މި އެޕް މެދުވެރިކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ފިހާރަތަކުގައި ތަކެތި ހުރި އަގުތައް އަޅައިކިޔައި، އަގަށް އަންނަ ބަދަލުތަކުގެ ނޮޓިފިކޭޝަން ހޯދުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ.