މުއިއްޒަށް ގަޒްފު ކުރި ކަމަށް ބުނެ އާސިފްގެ މައްސަލަ ބަލަނީ
ރައީސް މުއިއްޒަށް ގަޒްފުކުރި ކަމުގެ ތުހުމަތުގައި ވަކީލު އާދަމް އާސިފް ފުލުހަށް ހާޒިރުވާން އަންގައި، އޭނާގެ މައްޗަށް ތަހުގީގެއް ވަނީ ފަށާފައެވެ. މީގެ އިތުރުން "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅިގެން އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ދައުވާކޮށް، ބައެއް ނޫސްވެރިން މިހާރު ވަނީ ބަންދުކޮށްފައެވެ.