އަބޫދާބީގެ ނިއުކްލިއާ ޕްލާންޓަށް ޑްރޯން ހަމަލާއެއް
އަބޫދާބީގެ ބަރަކާ ނިއުކްލިއާ ޕަވަ ޕްލާންޓަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި ޖަނަރޭޓަރެއްގައި ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މި ހަމަލާގައި ރޭޑިއޭޝަންގެ ނުރައްކަލެއް ނެތް ކަމަށާއި ޕްލާންޓުގެ މަސައްކަތްތައް އާންމު ހާލަތުގައި ކުރިއަށްދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ޔޫއޭއީ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ގައުމުގެ ސަލާމަތަށް ނުރައްކާވާ ކަންކަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފައެވެ.