ސިނގިރޭޓު އަގުހެޔޮކުރާ ބިލު ކޮމިޓީއަށް
ސިނގިރޭޓާއި ހީޓަޑް ޓޮބޭކޯ އިން ނަގާ ޑިއުޓީ 50 އިންސައްތަ ކުޑަކުރުމަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި އިސްލާހުގެ މަގުސަދަކީ ސިނގިރޭޓުގެ އަގު ހެޔޮކޮށް، ޓެކްސް ބޮޑުވުމުގެ ސަބަބުން އުފެދިފައިވާ ދުންފަތުގެ ކަޅު ބާޒާރު ނައްތާލުން ކަމަށް ސަރުކާރުން ބުނެއެވެ.