16 އޭޕްރީލް 2024 - 05:11 0
ސާއިފް ޝިޔާދު
16 އޭޕްރީލް 2024 - 05:11 0
ރާއްޖޭގެ އިގުތިސޯދު ކިތަންމެ ރަނގަޅުވި ދަނޑިވަޅެއްގައި ވެސް، ދައުލަތުގެ މާލީ ހާލަތު މިފަހުން ރަނގަޅުވީ މަދު ފަހަރަކު އެވެ. ބިލިއަނުން އާމްދަނީ ލިބުނު ނަމަވެސް ހަރަދު ދެކޮޅު ޖެއްސެނީ އަހަރުގެ ފުރަތަމަ ދެތިން މަހެވެ. އަހަރުގެ ބާކީ ބައިގައި ދައުލަތުގެ މާލީ ކަންކަން ހަމަޖެއްސުން ވެފައި އޮންނަނީ ބޮޑު ބުރައަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ވެސް އިވެނީ އެ ވާހަކަތަކެވެ. މާލީ ގޮންޖެހުންތަކުގެ ވާހަކަ އެވެ. ހަރަދު ބޮޑުވެ ދައުލަތުގެ މާލީ ހަމަޖައްސަން ދަތިކަމުގެ ވާހަކަ އެވެ. ބޭރުގެ ދަރަންޏާއި އެތެރޭގެ ދަރަނިތައް އަތްނުފޯރާފަށުގައި އޮތް ވާހަކަ އެވެ.
ނަމަވެސް, ހެއްވާ ކަމަކީ ރައީސް މިބީދައިން ވާހަކަ ދައްކަވަން ޕޯޑިއަމަށް ވަޑައިގަތުމުގެ ހަމަ ރައީސް އިންނެވި ޖަލްސާގެ ތެރެއިން އެތައް މިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތަކުގައި ބޭރުގެ ކުންފުނިތަކާ އެކު ސަރުކާރުން ސޮއިކުރި ކަމެވެ. އެމަނިކުފާނު އެންމެ ޝަރަފުވެރިކަމާ އެކު ދެން ވިދާޅުވަނީ މި މަޝްރޫއުތަކަށް ރައްޔިތުންގެ ތިޖޫރިން އެންމެ ލޯ ލާރިއެއް ވެސް ހޭދަ ކުރަން ނުޖެހޭނެ ކަމެވެ.
އެއީ ތެދެކެވެ. ދައުލަތުން ހަރަދު ކުރަން ނުޖެހެ އެވެ. އެކަމަކު, މަޝްރޫއުތައް ހިންގުމުގެ ބަދަލުގެ ގޮތުގައި ފަޅާއި ފަޅު ރަށްރަށާއި ޕްރައިމް ރިއަލް ސްޓޭޓް މާކެޓުތަކުން މާލޭގެ އަވަށްތަކާ އެއްވަރުގެ ބޮޑެތި ބިންތައް ދޫކޮށްލާއިރު ދައުލަތަށް ގެއްލޭ ގެއްލުމުގެ ވާހަކައެއް ނުދައްކަވަ އެވެ. އެ ބިންތަކާއި އެ ފަޅުތަކާއި އެ ރަށްތަކަށް އިންވެސްޓުކޮށްގެން އެ ކުންފުނިތަކުން 99 އަހަރުގެ ތެރޭގައި ނެރޭނެ ނަފާ މަޝްރޫއުތަކުގެ އަގަށް ވުރެ ހާސްބައި ބޮޑުވާނެ ކަމުގެ ވާހަކައެއް ނެތެވެ.
މިފަދަ ބައެއް ކުންފުނިތަކުގެ ފަތިފުށް ބަލައިލާއިރު ކަންބޮޑުވާ ގިނަ މައްސަލަތައް އެބަހުއްޓެވެ. މިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގޭނެ ފަދަ ގާބިލުކަން ނެތް ކުންފުނިތަކެވެ. ވޯލްޑް ބޭންކާއި ދުނިޔޭގެ މާލީ އިދާރާތަކުން ބްލެކްލިސްޓް ކޮށްފައިވާ ކުންފުނިތަކެވެ. ކޮރަޕްޝަނާއި ހިޔާނާތުގެ ތުހުމަތުގައި އެހެން ގައުމުތަކުގައި މިހާރު ވެސް ތަހުގީގު ކުރަމުންދާ ކުންފުނިތަކެވެ.
ދައުލަތުގެ ހަރަދުތައް ބެލެހެއްޓުމުގައި މިހާރު ވެސް ތަފުސީލީ އުސޫލުތަކެއް ލިޔެފައިވެ އެވެ. ސަރުކާރުން ސޮއިކުރާ ކޮންމެ ކޮންޓްރެކްޓެއްގެ އަސަރު ރައްޔިތުންނަށް ކުރާއިރު މިއިން ކޮންމެ ކޮންޓްރެކްޓެއްގައި ކޮންޓްރެކްޓަރަށް ވުރެ ސަރުކާރުގެ ޒިންމާ ބޮޑެވެ. އެއީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމެނޭތީ އެވެ.
ދައުލަތުން "ޑިއު ޑިލިޖެންސް" ފުރިހަމަކޮށް ނުވަތަ ބަލަން ޖެހޭ އެންމެހާ ކަންކަން ބަލައި, ލިޔެވި އަމަލުކުރަމުންދާ އުސޫލުތައް އެކީއެކަށް ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެއީ ބެއާ މިނިމަމް އެވެ. ރައްޔިތުންގެ ހާދިމުންނާއި މަންދޫބުންނަށް ވާތީ އެވެ.
އެހެންކަމުން, މިކަހަލަ ކޮންމެ ކޮންޓްރެކްޓަކީ ތަފްސީލު ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ކުންފުނީގެ ގާބިލުކަން ކަށަވަރު ކުރުމަށް ފަހު ސޮއި އަޅާ ކޮންޓްރެކްޓްތަކަށް ވާން ޖެހެ އެވެ. އެއީ ޔަގީންކަން ކަށަވަރު ކުރުމަށެވެ.
އެ ކޮންޓްރެކްޓްތަކުގައި ރިސްކު ކުޑަވާން ޖެހޭނެ އެވެ. ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރާ ކުންފުނިތަކަށް ވާން ޖެހޭނެ އެވެ. ސަރުކާރުން ވެސް ކަންކަން ކުރަން ޖެހެނީ އެ އުސޫލުންނެވެ. ދެފުށް ފެންނަ ހާމަކަން ބޮޑު ކޮންޓްރެކްޓްތަކަށް ވާން ޖެހެ އެވެ.
ސަރުކާރުން ބުނަނީ މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކުގެ ގާބިލުކަން ކަށަވަރު ކުރާ ކަމަށެވެ. އެކަމަކު, މި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއުތަކަށް ބަލައިލުމުން ފެންނަނީ އެހެން މަންޒަރެކެވެ.
މި ސަރުކާރުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓެވެ. އެކަމަކު މަޝްރޫއުގެ އަގެއް އަދި މިއަދާ ހަމައަށް ވެސް ސަރުކާރަކަށް ބުނެ ނުދެވެ އެވެ. ހަމަ އެކަނި އެނގެނީ 70 ހެކްޓަރުގެ ބިން މި މަޝްރޫއު ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް 99 އަހަރަށް ދީފައިވާ ކަމެވެ.
އެ މަޝްރޫއު ހިންގަން 400 މިލިއަން ބަޖެޓުގައި ހިމެނި ނަމަވެސް އެ ފައިސާ އުނިކުރި އެވެ. އެކަމަކު ސަރުކާރުން އޮތީ އޭރު ވެސް ސީއެމްސީއާއެކު ކުރިއަށްދާން ނިންމާފައިކަން އެނގެ އެވެ. ބަޖެޓުން އުނިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މަޝްރޫއު ފެށި އެވެ.
ފުށިދިއްގަރުފަޅުގެ ޕްރޮޕޯސަލް އަކުރުން އަކުރަށް، ފިލިން ފިއްޔަށް!
ސީއެމްސީގެ ޕްރޮޕޯސަލްގައިވާ އަގަށް ބަލާނަމަ 1000 ހެކްޓަރުގެ ހިއްކުމުގެ އަގަކީ 20 ބިލިއަން ރުފިޔާ. ފުށިދިއްގަރު ފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކާއިރު ޖުމުލަ މަޝްރޫއުގެ އަގު ސީއެމްސީން ހިސާބުކުރާ ގޮތަށް ބަލާއިރު 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ.
ފުށިދިއްގަރުފަޅުގެ ޕްރޮޕޯސަލް އަކުރުން އަކުރަށް، ފިލިން ފިއްޔަށް!
ސީއެމްސީގެ ޕްރޮޕޯސަލްގައިވާ އަގަށް ބަލާނަމަ 1000 ހެކްޓަރުގެ ހިއްކުމުގެ އަގަކީ 20 ބިލިއަން ރުފިޔާ. ފުށިދިއްގަރު ފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކާއިރު ޖުމުލަ މަޝްރޫއުގެ އަގު ސީއެމްސީން ހިސާބުކުރާ ގޮތަށް ބަލާއިރު 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ.
ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތަކެއް މި ކުންފުނިން ހިންގާފައި ހުރި ނަމަވެސް 23 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް ހޭދަވާނެ ކަމަށް ބެލެވޭ މި މަޝްރޫއުއަށް ސަރުކާރުން ފައިސާ ނުދީ ސީއެމްސީއަށް ހިންގޭނެކަން ކަށަވަރު ކޮށްފައި ނުވެ އެވެ.
އެކަން އަށް މަސް ދުވަހުގެ ތެރޭގައި 1,153 ހެކްޓަރު ހިއްކައި ނިންމާނެ ކަމަށް ރައީސް ވައުދުވި އެ މަޝްރޫއު މިހާރު ގޮސްފައިވާ ހިސާބުން އެކަން އެނގެ އެވެ.
ތިނަދޫ ފަޅު ހިއްކައިގެން ދުނިޔެއަށް ވެސް ވިދާލާނެވަރުގެ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމާއި އެ އަތޮޅުން 12 ރަށެއް ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ ތައިލޭންޑްގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާ އެވެ. އެއީ 600 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ޕޭން ޕެސިފިކް ކޮމްޕެނީގެ ފަތިފުށް ހޯދުމަށް ފީނާލިއިރު، ކުންފުނި ގޮސް ގުޅެނީ ރާއްޖޭގައި "ބޮޑެތި ޕްރޮޖެކްޓް" ހިންގަން ހަމައެކަނި އީއައިއޭ ހަދާފައިވާ ކުންފުނިތަކަކާ އެވެ. ރާއްޖޭގެ ނަން ބޭނުންކޮށްގެން އިޝްތިހާރުކޮށް ފައިސާ ހޯދާފައިވާ ކުންފުންޏަކާ އެވެ.
ތިނަދޫ އެއާޕޯޓު އިންވެސްޓަރުގެ ފަހަތުގައި މަކަރާއި އޮޅުވާލުން!
ތައިލޭންޑްގެ ޕެތުނުންތަވޮންގު އާއިލާއިން ރާއްޖޭގައި ދެ ކަމަކަށް އިންވެސްޓް ކުރާނެ ކަމަށް ބުނެ ހަދާފައިވަނީ ހަމައެކަނި އީއައިއޭ. އަމަލީ އެއްވެސް މަސައްކަތެއް ފެންނަން ނެތް. ދައުލަތަަށް ދައްކަން ޖެހޭ ޓެކްސް ވެސް އެ މަހުޖަނުން ނުދައްކާކަން ދައުލަތުގެ ރެކޯޑުތަކުން އެނގޭ.
ތިނަދޫ އެއާޕޯޓު އިންވެސްޓަރުގެ ފަހަތުގައި މަކަރާއި އޮޅުވާލުން!
ތައިލޭންޑްގެ ޕެތުނުންތަވޮންގު އާއިލާއިން ރާއްޖޭގައި ދެ ކަމަކަށް އިންވެސްޓް ކުރާނެ ކަމަށް ބުނެ ހަދާފައިވަނީ ހަމައެކަނި އީއައިއޭ. އަމަލީ އެއްވެސް މަސައްކަތެއް ފެންނަން ނެތް. ދައުލަތަަށް ދައްކަން ޖެހޭ ޓެކްސް ވެސް އެ މަހުޖަނުން ނުދައްކާކަން ދައުލަތުގެ ރެކޯޑުތަކުން އެނގޭ.
ތައިލޭންޑްގެ ވިޔަފާރި ރަޖިސްޓްރީން އެނގޭ ގޮތުގައި 2020 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ފައިދާ ނެރެވިފައި ނުވެ އެވެ. އަދި ކުންފުނީގެ މުދަލުގެ އަގަކީ 27,150 ޑޮލަރުކަން އެނގެ އެވެ. އޭގެ ފަހަށް ހިސާބުތަކެއް ފެންނާން ނެތެވެ.
މިވަރުގެ ކުންފުންޏަކާ ސަރުކާރުން 600 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ހަވާލުކުރާއިރު އިތުރަށް ބަލަން ޖެހެ އެވެ. ރައްޔިތުންގެ ލޮލުގައި ހަމައެކަނި އަނދުން އެޅުވުމަށް ސޮއިކުރާ ފަހުމުނާމާތަކަކަށް ވުމުގެ ބަދަލުގައި އަމަލީ ގޮތުން ހިނގާނެ މަޝްރޫއުތަކަށް ވާނީ އޭރުންނެވެ.
މާދެލީގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް ވެސް އަޅަން ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ އެވެ. ދ. އަތޮޅުގެ ޕްރޮޖެކްޓުގެ ފަހު މަރުހަލާގައި ބިނާ ކުރަނީ 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެކެވެ.
އެ ރަށަކީ ލަގްޒަރީ ރިސޯޓެއް ހަދަން ބަޔަކާ މިދިޔަ އަހަރު ހަވާލުކޮށްފައި އޮތް ރަށެކެވެ. މާދެލީގައި ރިސޯޓެއް ހަދަން ޖުލައި 5، 2023، ގައި ސޮއި ކުރީ އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްއާ އެވެ. އެ ރަށުގެ އެކުއިޒިޝަން ކޮސްޓު ވެސް އެސްއޭއެސް އިން އޮތީ ދައްކައިފަ އެވެ. އެއީ 7.2 މިލިއަން ޑޮލަރު (111،024،000ރ.) އެވެ.
މަސް ފެކްޓަރީ އަޅަން ދިން މާދެލި އޮތީ ރިސޯޓު ހަދަން ދީފައި
މާދެލީގައި މަސް ފެކްޓަރީ އަޅަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ އިއްޔެ ހަވާލު ކުރިއިރު، އެ ރަށުގެ އެކުއިޒިޝަން ކޮސްޓު ވެސް އެސްއޭއެސް އިން އޮތީ ދައްކައިފަ އެވެ. އެއީ 7. 2 މިލިއަން ޑޮލަރު (111،024،000ރ.) އެވެ.
މަސް ފެކްޓަރީ އަޅަން ދިން މާދެލި އޮތީ ރިސޯޓު ހަދަން ދީފައި
މާދެލީގައި މަސް ފެކްޓަރީ އަޅަން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ އިއްޔެ ހަވާލު ކުރިއިރު، އެ ރަށުގެ އެކުއިޒިޝަން ކޮސްޓު ވެސް އެސްއޭއެސް އިން އޮތީ ދައްކައިފަ އެވެ. އެއީ 7. 2 މިލިއަން ޑޮލަރު (111،024،000ރ.) އެވެ.
މާދެލީގެ ރިސޯޓު އެޅުމަށް އެސްއޭއެސް ކުންފުނިން ހެދި މާސްޓާޕްލޭން ވެސް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީ އޮތީ އެޕްރޫވްކޮށްފަ އެވެ. އަދި އެ ރަށުގެ އީއައިއޭ ހެދުމުގެ ޓާމްސްތައް، އީޕީއޭއިން ވަނީ ކަނޑައަޅައިފަ އެވެ. ސުވާލަކީ އެ ރަށް ސަރުކާރުން އަތުލާނީތޯ އެވެ.
މިއީ ރާއްޖެއަށް އިންވެސްޓު ކުރާ ބޭރުގެ ކުންފުނިތަކަށް ދެވޭ ގޯސް މެސެޖެކެވެ. ފައިސާ ދައްކައި އީއައިއޭ ހަދަން ތައްޔާރުވެފައިވާ ރަށްރަށުގައި އެތައް މިލިއަން ޑޮލަރެއްގެ އެހެން މަޝްރޫއުތަކެއް ހިންގަން ސަރުކާރުން ބޭރު ކުންފުނިތަކާ އެކު ސޮއިކުރުމަކީ ރާއްޖެއަށް އޮތް އިންވެސްޓާ ކޮންފިޑެންސް ކުޑަވެގެންދާނެ ކަމެކެވެ. އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން ޖެހެ އެވެ.
ލ. ކައްދޫގައި އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށާއި ހިމާޔަތްކޮށްފައި އޮންނަ އެ އަތޮޅު ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ހަފުތާ އެވެ. މި ދެ މަޝްރޫއު ވެސް ހަވާލުކުރީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއޭއެމްސީއީ) އާ އެވެ.
ވޯލްޑު ބޭންކުން އާންމުކުރާ، އެ ބޭންކުން ފިޔަވަޅު އަޅާފައިވާ އަދި އެކުގައި މަސައްކަތް ނުކުރާން ނިންމާފައިވާ ކުންފުނިތަކުގެ ލިސްޓުގައި ޗައިނާގެ ސީއޭއެމްސީއީ އެބައޮތެވެ. ވޯލްޑް ބޭންކުން ރާއްޖޭގެ ސިޔާސަތުތައް ބަލައިގަންނަ ކަމަށް ޕޯޑިއަމްތަކުގައި ރައީސް ވިދާޅުވާއިރު އެ ބޭންކުން މި ކުންފުނި ބަލައިނުގަނެ އެވެ.
ލާމުގެ މަޝްރޫއުތައް ދިން ކުންފުނި ބްލެކްލިސްޓުގައި
ބައިނަލްއަގުވާމީ ބޮޑެތި ބޭންކުތަކުން ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ބްލެކްލިސްޓުގައި ވެސް މި ކުންފުނި އެބައޮތް. އޭޝިއާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައި މި ކުންފުންޏާ ގުޅޭ ބޮޑެތި މައްސަލަތަކެއް ވެސް ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެންނާން އެބަހުރި.
ލާމުގެ މަޝްރޫއުތައް ދިން ކުންފުނި ބްލެކްލިސްޓުގައި
ބައިނަލްއަގުވާމީ ބޮޑެތި ބޭންކުތަކުން ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ބްލެކްލިސްޓުގައި ވެސް މި ކުންފުނި އެބައޮތް. އޭޝިއާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައި މި ކުންފުންޏާ ގުޅޭ ބޮޑެތި މައްސަލަތަކެއް ވެސް ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެންނާން އެބަހުރި.
އޭޑީބީގެ އެންޓި ކޮރަޕްޝަން، ޑިބާމެންޓު ލިސްޓުގައި ވެސް ސީއޭމްސީއީ އެބައޮތެވެ. އޭޑީބީއިން ވަނީ އޮކްޓޯބަރު 26، 2021 އިން ފެށިގެން 2026 ގެ އެ ތާރީހާ ހަމައަށް ޗައިނާގެ މި ކުންފުންޏާއެކު މުއާމަލާތް ނުކުރަން ނިންމައި ފިޔަވަޅު އަޅާފަ އެވެ.
ބައިނަލްއަގުވާމީ ބޮޑެތި ބޭންކުތަކުން ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ބްލެކްލިސްޓުގައި މި ކުންފުނި އެބައޮތެވެ. އޭޝިއާ އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައި މި ކުންފުންޏާ ގުޅޭ އެތައް މައްސަލައެއް ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ފެންނާން އެބަހުއްޓެވެ.
ރައްޔިތުންގެ މުދަލާއި ރައްޔިތުންގެ އާމްދަނީއަށް އަސަރުކުރާ މިފަދަ އިގުތިސޯދީ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު ދައުލަތުގެ ޒިންމާ އިންތިހާއަށް ބޮޑެވެ. މަޝްރޫއުތައް ހަވާލުކުރާއިރު ކުންފުނިތަކުގެ ގާބިލުކަން ކަށަވަރު ކުރަން ޖެހެ އެވެ. މާލީ ގޮތުންނާއި ތަޖުރިބާ އާއި ތަމްރީނުގެ ގޮތުންވެސްމެ އެވެ.
މީގެކުރިން ވެސް ރާއްޖޭގައި މިފަދަ މަޝްރޫއުތައް ކުންފުނިތަކުގެ ފަތިފުށް ބެލުމެއް ނެތި ދައުލަތުން އަދާކުރަން ޖެހޭ ޒިންމާ އަދާނުކުރުމުގެ ސަބަބުން ފޫނުބުއްދޭ ވަރުގެ ގެއްލުންތައް ވެފައި އެބަހުއްޓެވެ. ޝަރުއީ ކޯޓުތަކުގެ ބޭރުގެ އާބިޓްރޭޝަންތަކުގައި ދައުލަތާ ދެކޮޅަށް މައްސަލަތައް ނިމި ބަދަލު ދޭން ޖެހިފައި އެބަހުއްޓެވެ. ރައްޔިތުންގެ ހަޒާނާއަށް ވަންނަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ގޮތް ނޭނގި ގެއްލިފައި އެބަހުއްޓެވެ.
އެމްއެމްޕީއާރުސީގެ މައްސަލައަކީ ދައުލަތުން އަދާކުރަން ޖެހޭ ޑިއު ޑިލިޖެންސް އަދާނުކުރުމުގެ ނަތީޖާގެ ފުރިހަމަ މިސާލެކެވެ. ދައުލަތުގެ ތެރޭގައި ހުރި ހިންގުމުގެ ނިޒާމުތަކާއި ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެކަށައަޅާފައިވާ އުސޫލުތަކާއި އަދި ދަމަހައްޓަން ޖެހޭ މިންގަނޑުތައް ބޮލާލައި ޖަހައިގެން ނުވާނެ އެވެ.
އެއަށްވުރެ ޒިންމާދާރުވާން ޖެހެ އެވެ. ތެދުވެރި ވާން ޖެހެ އެވެ. ރައްޔިތުން ހަވާލުކުރި ޒިންމާއަށް އަމާނާތްތެރިވާން ޖެހެވެ. ގާނޫނީ ނިޒާމުގެ ތެރެއިން ވެސް ޑިއު ޑިލިޖެންސް ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ގާނޫނުތައް ބަދަލުކޮށް އުސޫލުތައް ލިޔެ ކަނޑައަޅަން ޖެހެ އެވެ.
ސަރުކާރުގެ މިފަދަ އިހުމާލުތައް ރައްޔިތުންނަށް ބޮޑު ކަމަކަށްވަނީ މިއީ އިދިކޮޅުގައި ތިއްބެވިއިރު މިހާރުގެ ސަރުކާރުގެ ވެރިން އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކައަށްވާތީ އެވެ. ރައްޔިތުންގެ މުދަލާއި ފައިސާ ހަރަދުކުރުމުގައި ކަސިޔާރު މަގެއް އިހުތިޔާރު ނުކުރާނެ ކަމަށް ވަކާލާތު ކުރެއްވީމަ އެވެ. ނަމަވެސް, މަޝްރޫއުތައް ހަވާލުކުރުމުގެ މަރުހަލާތަކުގައި ދައުލަތުން މިއަޅާ ބިންގާ ހުރީ ތެދަކަށް ނޫނެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment