Advertisement
Our team
|
Multimedia
Viuga
Coverages
20 ފެބުރުވަރީ 2026 - 10:22 0
150 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކުރީ ސިޔާމްގެ ބައްޕަގެ ހަނދާނުގައި. މި މިސްކިތަކީ ދިވެހިންގެ ސަގާފީ މަސައްކަތްތެރިކަމާއި ހުނަރު ރަމްޒުކޮށްދޭ ފުރިހަމަ ބިނާއެއް.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އޭނާގެ ބައްޕަގެ ހަނދާނުގައި އުފަން ރަށް، ކުޑަފަރީގައި ބިނާކުރި މިސްކިތް އިއްޔެ ހުޅުވައި ދެއްވުމަށް ފަހު ބައްލަވާލައްވަނީ. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތުގެ ފާރުތަކާއި ތަނބުތަކުގައި ކަނޑާނަގާފައިވާ ޖިއޮމެޓްރިކް ކުރެހުންތައް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހިންގެ ސަގާފާތް ދައްކުވައި ދިނުމަށް މި މިސްކިތުގައި ވަޅަކާއި، ދާނި ބޭނުން ކޮށްގެންގެން ވަޅުން ފެންނަ ނަގައިގެން ވުޟޫ ކުރެވޭ ގޮތް ހަދާފައިވޭ. --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތުގެ ފާރުތަކާއި ތަނބުތަކުގައި ކަނޑާ ނަގާފައިވާ ޖިއޮމެޓްރިކް ކުރެހުންތައް-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ކުޑަފަރީގެ އާ މިސްކިތާއި އެ މިސްކިތުގެ ބޭރުގައި ހަދާފައިވާ މުންނާރު. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތުގެ ފާރުތަކާއި ތަނބުތަކުގައި ކަނޑާނަގާފައިވާ ޖިއޮމެޓްރިކް ކުރެހުންތަކަށް އިސްލާމިކް މިނިސްޓްރީ އަދި މަޝްހޫރު އާކްޓެކްޓު މައުރޫފް ޖަމީލް ތައުރީފު ކުރައްވާފައިވޭ. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި މިސްކިތުގެ ގަލުވަޑާއި ލަކުޑީގެ ވަޑާންތަކުން ރަމްޒުކޮށްދީފައިވަނީ މާލޭގެ ހުކުރު މިސްކިތް ފަދަ މިސްކިތްތަކުގައި ދިވެހިންގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަން. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތުގައި އެލުވާފައި ޗާންދަލިޔާ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސިޔާމް ބިނާކުރި އާދަޔާ ހިލާފު ރީތި މިސްކިތުގައި އިއްޔެ މަޣުރިބް ނަމާދަށް މީހުން ތައްޔާރުވެގެން. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިސްކިތުގެ ފާރުތަކާއި ތަނބުތަކުގައި ކަނޑާނަގާފައިވާ ޖިއޮމެޓްރިކް ކުރެހުންތަކުން ގެނެސްދެނީ ދިވެހީންގެ މުއްސަނދި ސަގާފީ ސިފަކާއި ފަންނުވެރިކަން. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
Comment
Comment