
އޮކްޓޯބަރު 3، 2025: ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި މާލިއްޔަތު "ލޫޓުވައިފި" ކަމަށް ބުނެ، އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝީމް

އޮކްޓޯބަރު 3، 2025: އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާގައި އެ ޕާޓީގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސައިން ހސަން އަޑު އުފުލަނީ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި މާލިއްޔަތު "ލޫޓުވައިފި" ކަމަށް ބުނެ، އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި މާލިއްޔަތު "ލޫޓުވައިފި" ކަމަށް ބުނެ، އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި މާލިއްޔަތު "ލޫޓުވައިފި" ކަމަށް ބުނެ، އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި މާލިއްޔަތު "ލޫޓުވައިފި" ކަމަށް ބުނެ، އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވި. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން. ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: މުޒާހަރާގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ގެޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައި. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކާއި މިނިވަންކަމާއި މާލިއްޔަތު "ލޫޓުވައިފި" ކަމަށް ބުނެ، އެމްޑީޕީން ބޭއްވި މުޒާހަރާގައި ބައިވެރި އެތައް މީހުން ދުރުކުރަން ފުލުހުން ޕެޕާ ސްޕްރޭ އާއި ސޮނިކް ވެޕަން ބޭނުންކުރި. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: މުޒާހަރާގައި ބައިވެރިވި މީހަކު ފުލުހުން ޝީލްޑެއް އުފުލާލައިގެން ދަނީ. މިހާ ފަސޭހައިން ޝީލްޑެއް އަތުލެވުނު ނަމަވެސް، ފުލުހުންގެ ސަފުތައް ފޫ އަޅުވާލައިފައި މުޒާހަރާގެ ބައިވެރިންނަށް މަޖީދީ މަގުން ކުރިއަށް ނުދެވުނު. ސުލުހަވެރި މުޒާހާރާ އަށް ހުރަސް އެޅުމަށް ފަހު ދިފާއު އަކަށް ފުލުހުން ނެގީ، މަޖީދީ މަގުން ހިނގަން ހުއްދަ ނުދީ އޮތް އޮތުން. ނަމަވެސް ސުލުހަވެރި މުޒާހަރާއެއް ނަމަ ފުލުހުން ހުރަސް ނާޅާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެމްޑީޕީން ބުނޭ. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވީ އާޓީފިޝަލް ބީޗަށް. އެތަނުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވާހަކަ ދައްކަނީ. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: މުޒަހަރާގައި ބައިވެރިވާން އާޓިފިޝަލް ބީޗަށް ޖަމާވި މީހުންނާ މުހާތަބުކޮށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ. މި މުޒާހަރާގައި ބައިވެރިވާން ރަށްރަށުން މާލެ އައި މީހުންނާއެކު އެތައް ހާސް ބަޔަކު ބައިވެރިވެ، ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވި. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: ކުޅުދުއްފުށީ މޭޔަރު އާތިފުގެ މޫނަށް އަމާޒުކޮށް ފުލުހަކު ޕެޕާ ސްޕްރޭ ޖަހަނީ. މުޒަހާރާގައި ބައިވެރިވި މީހުންގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި. -- ފޮޓޯ: މިރާޝް ނާޝިމް




އޮކްޓޯބަރު 3، 2025: މުޒާހަރާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް މީހުން މަޖީދީމަގުގައި، ފުލުހުންގެ ޝީލްޑުތަކާ ޖެހިގެން އިށީދެގެން. -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: މުޒާހަރާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އަދި ޕާޓީގެ ރައީސް ޝާހިދު އާއި އާއި އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް މީހުން ފުލުހުންގެ ޝީލްޑުތަކާ ޖެހިގެން ކުރީ ސަފުގައި. -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ

އޮކްޓޯބަރު 3، 2025: ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވައި ކުރަމުން ދިޔަ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ރަޔަޓު ގިޔާރާއެކު މަޖީދީ މަގުގައި ސަފުސަފަށް އެތުރިގެން. -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ

އޮކްޓޯބަރު 3، 2025: ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު ޝަފީގު، ޝީލްޑުތަކުގެ ދޭތެރެއިން ފުލުހުންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ

އޮކްޓޯބަރު 3، 2025: މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ކުރިއަށް ދިޔަނުދިނުމަށްޓަކައި ފުލުހުން ޝީލްޑާއެކު -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ

އޮކްޓޯބަރު 3، 2025: ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް. -- ފޮޓޯ: މިރާޝް ނާޝިމް




އޮކްޓޯބަރު 3، 2025: މުޒާހަރާ އަށް ހުރަސް އެޅުމަށްޓަކައި ފުލުހުން ޝީލްޑާއި ރައިޓް ގިޔަރުގައި ސަފުސަފަށް މަޖީދީ މަގުގައި އަތުރިގެން -- ފޮޓޯ: މިރާޝް ނާޝިމް

އޮކްޓޯބަރު 3، 2025: ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އެމްޑީޕީން ކުރި މުޒާހަރާ އަށް ފުލުހުން ހުރަސް އެޅުމުން ބައިވެރިން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޝީލްޑުތައް ކައިރީގައި. މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު (ރީނދޫ ޓީޝާޓުގައި) އަދި މާފުށީ ކައުންސިލްގެ ރައީސް ސޮލާހު (ކަޅު ޓީޝާޓުގައި ކޮޅަށް) ހައްޔަރުކުރި. -- ފޮޓޯ: އެމްޑީޕީ

އޮކްޓޯބަރު 3، 2025: އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވި -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ

އޮކްޓޯބަރު 3، 2025: އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވި -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ

އޮކްޓޯބަރު 3، 2025: އެމްޑީޕީން ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެ ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވި -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ

އޮކްޓޯބަރު 3، 2025: ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ހައްޔަރުކޮށް ގެންގެން ގެންދަނީ. -- ފޮޓޯ: ހުސައިން ފިޔާޒު މޫސާ

4 އޮކްޓޯބަރު 2025 - 12:16 0


Comment