Advertisement

ފޮޓޯ؛ އެކި ފުރައިގެ ކުދިން އުފަލުން ހެއްވާލި އީދު ފެންކުޅި

10 އޭޕްރީލް 2024 - 17:14 0

އިޔާދު އަބްދުލް ވައްހާބު

އިޔާދު އަބްދުލް ވައްހާބު

ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން އިންތިޒާމު ކުރި ފެންކުޅީގައި އެކި ފުރައިގެ ކުދިންނާއި މީހުން ބައިވެރިވިއިރު، އެ ހަރަކާތް ކުރިއަށް ގެންދިޔައީ ވަރަށް މަޖަލާއި ފޯރީގައި


10 އޭޕްރިލް،2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ކުޅިވަރުގެ ހަރަކާތްތައް ފެށީ ރަސްފަންނު ސަރަހައްދުގައި އޮތް ފެން ކުޅިން. އެ ކުޅިވަރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ކުޅިވަރުގެ ހަރަކާތްތައް ފެށީ ރަސްފަންނު ސަރަހައްދުގައި އޮތް ފެން ކުޅިން. އެ ހަރަކާތް އިންތިޒާމު ކުރީ މާލެ ސިޓީ ކައުންސިލާއި ސާދަ އެންޓަޓެއިންމަންޓު ގުޅިގެން -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅީގައި ޒުވާން ފުރައިގެ ކުދިންތަކެއް ބައިވެރިވަނީ. ހަރަކާތް ކުރިއަށް ގެންދިޔައީ އެކި ފުރައިގެ މީހުންގެ ބައިވެރިވުމާއެކު ވަރަށް ފޯރީގައި -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅި ކުރިއަށް ގެންދިޔައީ ސާދަ އެންޓަޓެއިންމަންޓާ ގުޅިގެން. އެ ހަރަކާތް ކުރިއަށް ގެންދިޔައީ ވާދަވެރި ކުޅިވަރުތައް ވެސް ހިމަނައިގެން -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅީގައި ޒުވާން ފުރައިގެ ކުދިންތަކެއް ބައިވެރިވަނީ. ފެން ކުޅީގައި ތުއްތު ކުދިން ވަނީ ކުލަ ޖެހުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައި -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅި ހަރަކާތް ކުރިއަށްދިޔައީ ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު. ތުއްތު ކުދިންގެ އިތުުރން އެކި ފުރައިގެ ކުދިން އެ ކުޅިވަރުގައި ބައިވެރިވި -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅި ކުރިއަށް ދާގޮތް ބަލައިލުމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ރަސްފަންނުގައި މަޑުކޮށްލައިގެން. މާލޭގައި އީދު ކުޅިވަރުގެ ހަރަކާތްތައް އިންތިޒާމު ކުރީ ސިޓީ ކައުންސިލުން. -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅީގައި ކުޑަކުދިން ފެންބަޑިން ފެން ޖަހަނީ. އީދުގައި ފެން ކުޅުމަކީ ޒަމާނުއްސުރެއް ދިވެހިން ކުރަމުން އަންނަ ކަމެއް -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅީގައި ޒުވާން ފުރައިގެ ކުދިންތަކެއް ބައިވެރިވަނީ. ފެނުގެ އިތުރުން އެ ހަރަކާތުގައި ތުއްތު ކުދިން ވަނީ ކުލަ ވެސް ކުޅެފައި -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅީގައި ޒުވާން ފުރައިގެ ކުދިންތަކެއް ބައިވެރިވަނީ. ހަރަކާތް ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލާއި ސާދަ އެންޓަޓެއިންމަންޓު ގުޅިގެން -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމުކުރި ފެން ކުޅީގައި ތުއްތު ކުއްޖަކު ގޮވައިގެން ބެލެނިވެރިން ބައިވެރިވަނީ. ފެން ކުޅި ކުރިއަށް ގެންދިޔައީ އާއިލީ ހަރަކާތެއްގެ ގޮތުގައި -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު ރަސްފަންނުގައި ކުރިއަށް ގެންދިޔަ ފެން ކުޅީގައި އެކި ފުރައިގެ މީހުން ބައިވެރިވި. ފެން ކުޅުމާއި ކުލަ ޖެހުމުގެ އެ ހަރަކާތް ކުރިއަށް ގެންދިޔައީ ވަރަށް ފޯރީގައި -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު މާލޭގައި ފެން ކުޅި ކުޅުމަށް ނުކުތް ކުދިންގެ ތެރެއިން ބައެއް ކުދިން ޖުމްހޫރީ މައިދާނުގައި ހުންނަ ފެން އަރުވާ ވަޑާމުގައި ތެމެނީ. މާލޭގައި ފެންކުޅި ކުޅުނީ ރަސްފަންނު ސަރަހައްދުގައި -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - ފިތުރު އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު ޖުމްހޫރީ މައިދާނުގައި ހުންނަ ފެންއަރުވާ ވަޑާމުގައި ކުދިންތަކެއް ފެނާ ކުޅެނީ. ފެން އަރުވާ ވަޑާން މަރާމާތަށްފަހު ހުޅުވައިލީ އީދަށް ހާއްސަކޮށް -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


ފޮޓޯ؛ އެކި ފުރައިގެ ކުދިން އުފަލުން ހެއްވާލި އީދު ފެންކުޅި

10 އޭޕްރީލް 2024 - 17:14 0