Advertisement

ފޮޓޯ؛ ފިތުރު އީދުގެ ފެށުން، ބޮޑު ޖަމާއަތާއި ހަދިޔާބަދިޔާއިން

10 އޭޕްރީލް 2024 - 14:47 0

އިޔާދު އަބްދުލް ވައްހާބު

އިޔާދު އަބްދުލް ވައްހާބު

މިއަދުގެ ފިތުރު އީދު ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މާފަންނު ސްޓޭޑިއަމްއަށް ގޮސްފައި. ނަމާދަށްފަހު ގިނަ މީހުން އީދު ދުވަސް ފެށީ އެކަކު އަނެކަކާ ސަލާމްކޮށް ހަދިޔާބަދިޔާ ބަދަލުކޮށްލައި ހިނުތުންވުމާއެކު


10 އޭޕްރިލް، 2024 - މާފަންނު ސްޓޭޑިއަމްގައި މިއަދު ކުރެވުނު ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި. ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ބޮޑު ޖަމާއަތް ހަދައިގެން އީދު ނަމާދު ކުރަން ފެށީ 2012 ވަނަ އަހަރުން ފެށިގެން -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މާފަންނު ސްޓޭޑިއަމްގައި މިއަދު ކުރެވުނު ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ބައިވެރިވުމަށް މީހުން ޖަމާވަނީ. މާފަންނު ސްޓޭޑިއަމްގައި 20،000 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގަ އޮވޭ -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މާފަންނު ސްޓޭޑިއަމްގައި މިއަދު ކުރެވުނު ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ބައިވެރިވުމަށް ތުއްތު ކުއްޖަކު ގޮވައިގެން އާއިލާއެއް އެ ސަރަހައްދަށް ދަނީ. މާފަންނު ސްޓޭޑިއަމްގައި 20،000 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގަ އޮވޭ --ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މާފަންނު ސްޓޭޑިއަމްގައި މިއަދު ކުރެވުނު ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި އިމާމުވެ ނަމާދު ކުރީ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. މާލެ ސްޓޭޑިއަމްގައި މެދުކެނޑުމެއް ނެތި 2019 އާ ހަމައަށް ބޮޑު ޖަމާއަތް ހަދައިގެން ނަމާދު ކުރި، އޭގެފަހުން ދެން ބޮޑު ޖަމާއަތް ހަދައިގެން ނަމާދު ކުރާން ފެށީ 2022 ވަނަ އަހަރު -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މާފަންނު ސްޓޭޑިއަމްގައި މިއަދު ކުރެވުނު ފިތުރު އީދު ނަމާދުގައި ބައިވެރިވުމަށް ދިޔަ މީހުން ނަމާދު ކުރަން ފަށާ ވަގުތަށް އިންތިޒާރު ކުރަނީ. މިއަހަރުގެ އީދު ނަމާދު ކުރާ ވަގުތު ވަނީ ބައިގަޑިއިރު އަވަސްކޮށްފައި. -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މާފަންނު ސްޓޭޑިއަމްގައި މިއަދު ކުރެވުނު ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ނިންމައިލުމަށްފަހު އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުތުބާ ވިދާޅުވަނީ -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މާފަންނު ސްޓޭޑިއަމްގައި މިއަދު ކުރެވުނު ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ގިނަ ބަޔަކު ހުތުބާ އަޑު އަހަނީ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ދިޔަ މީހުންގެ ތެރޭގައި ބިދޭސީން ގިނަ އަދަދަކަށް ހިމެނޭ -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މިއަދުގެ ފިތުރު އީދު ނަމާދު ނިމުމާއެކު އެކި ފަރާތްތަކުން ވަނީ ތުއްތު ކުދީންނަށް ހަދިޔާ ބަހާފައި. އޭގެ ތެރޭގައި ދިރާގު ފަދަ ބޮޑެތި ކުންފުނިތައް ވެސް ހިމެނޭ. -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މިއަދުގެ ފިތުރު އީދު ނަމާދު ނިމުމާއެކު އެކި ފަރާތްތަކުން ވަނީ ހަދިޔާ ބަހާފައި. އޭގެ ތެރޭގައި ދިރާގު ފަދަ ބޮޑެތި ކުންފުނިތައް ވެސް ހިމެނޭ. -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


10 އޭޕްރިލް، 2024 - މިއަހަރުގެ ފިތުރު އީދު ނަމާދު ނިމުމާއެކު އެކި ފަރާތްތަކުން ވަނީ ތުއްތު ކުދިންނަށް ހަދިޔާ ބަހާފައި. އޭގެ ތެރޭގައި ދިރާގު ފަދަ ބޮޑެތި ކުންފުނިތައް ވެސް ހިމެނޭ -- ފޮޓޯ: އިޔާދު އަބްދުލްވައްހާބު / އަދަދު


ފޮޓޯ؛ ފިތުރު އީދުގެ ފެށުން، ބޮޑު ޖަމާއަތާއި ހަދިޔާބަދިޔާއިން

10 އޭޕްރީލް 2024 - 14:47 0