Advertisement

ފޮޓޯ: ރަސްމާލެ މަޝްރޫއު

18 ޑިސެންބަރު 2023 - 22:14 0

މިރާޝް ނާޝިމް

މިރާޝް ނާޝިމް


ޑިސެމްބަރު 18، 2023: ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ ދެކަނބަލުން އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ ދެކަނބަލުން. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޑިސެމްބަރު 18، 2023: ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ސަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ "ރަސްމާލެ" ނަން. މީގެ ކުރިން، މިނިސްޓަރުކަމުގައި ހުންނެވިއިރު، ހިންގެވި ޕްރޮޖެކްޓުތަކަށް ވެސް ނަން ދީފައިވަނި "ރަސް" ބޭނުންކޮށްގެން. އެގޮތުން ސަލްޓަމް ޕާކު ބަދަލުކޮށް އެތަނަށް ދިން މަނަކީ ރަސްރަނި ބަގޭޗީ، އަދި މާފަންނުގެ ހެދިގޮނޑުދޮށް ތަރައްގީކޮށް ދިނީ "ރަސްފަންނު:ގެ ނަން. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޑިސެމްބަރު 18، 2023: މާލޭގެ ދެކުނު ދިހަ މޭލު (16 ކިލޯމީޓަރު) ދުރުގައި އޮތް ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުންކުރާ ބޮސްކާލިސް ކުންފުނީގެ ކޮންނަ ބޯޓު. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދުކަމުގައިވާ މި މަޝްރޫއުގެ ފުރަތަމަ ހިއްކަނީ 1153 ހެކްޓަރުގެ ތެރެއިން އެންމެ 29 ހެކްޓަރު. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޑިސެމްބަރު 18، 2023: ފުށިދިއްގަރުފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަނީ. އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެއްވީ މި މަޝްރޫއާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށް. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޑިސެމްބަރު 18، 2023: ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ޑިސެމްބަރު 18، 2023: މާލޭގެ ދެކުނުން 10 މޭލު (16 ކިލޯމީޓަރު) ދުރުގައި އޮތް ފުށިދިއްގަރުފަޅު ހިއްކަން ފެށުން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފްތިތާހު ކޮށްދެއްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ފޮޓޯ: ރަސްމާލެ މަޝްރޫއު

18 ޑިސެންބަރު 2023 - 22:14 0