4 އޭޕްރީލް 2023 - 15:41 0
4 އޭޕްރީލް 2023 - 15:41 0
25 ނުވަތަ 30 އޯރިއޯ ބިސްކޯދު
1/2 ޖޯޑު ދިޔާ ކޮށްފައި ހުރި ބަޓަރު
ސްޓުރޯބެރީ ޕިއުރީ ނުވަތަ 20 ސްޓުރޯބެރީގެ ތެރެއަށް 2 ސައި ސަމުސާ ހަކުރު އަޅައިގެން ހިމުންކޮށް މުގުރާފައި
1 ޖޯޑު ވިޕިން ކުރީމް
އެންމެ ފުރަތަމަ އޯރިއޯ ބިސްކޯދުކޮޅު ހިމުންކޮށް ފުނޑުވައިލާށެވެ. އެއަށްފަހު ދިޔާކޮށްފައި ހުރި ބަޓަރުފޮދު އޭގެ ތެރެއަށް އޮއްސާލައިފައި ރަނގަޅަށް އެކުވެ އެކަތިގަނޑަކަށް ވަންދެން އެއްކޮށްލާށެވެ. ދެން ޓާޓް ޕޭންއެއްގައި އެ ފުށްގަނޑު އެއްވަރަށް ފަތުރައިލުމަށްފަހު އައިސް އަލަމާރީގައި 30 ވަރަކަށް މިނެޓު ބަހައްޓާށެވެ.
ފުށްގަނޑު ފިނިވާން ވާއިރަށް، އެއަށް އަޅާ މޫސް ތައްޔާރު ކުރާނީ އެވެ. މޫސް ތައްޔާރު ކުރުމަށް ފުރަތަމަ ތައްޓަކަށް ވިޕިން ކުރީމްކޮޅު އަޅާފައި އޮލަ ވަންދެން ހަލުވާނީ އެވެ. ވިޕިން ކުރީމްކޮޅު ރަނގަޅަށް އޮލަވުމުން އެއްފަރާތެއްގައި ބަހައްޓާށެވެ.
އެއަށްފަހު ސްޓުރޯބެރީ ޕިއުރީކޮޅުގެ ތެރެއަށް ހަކުރުކޮޅު އަޅާފައި އުނދުން މައްޗަށް އުދާށެވެ. ހަކުރުކޮޅު އެއްކޮށް ވިރިގެން ދަންދެން ހޫނު ކުރަން ވާނެ އެވެ. ހަކުރުކޮޅު އެއްކޮށް ވިރިގެން ދިއުމުން ހިހޫވެލަންދެން ބަހައްޓާށެވެ. ހިހޫވެލުމުން ކުރިން ހެދި ވިޕިން ކުރީމްކޮޅުގެ ތެރެއަށް ޕިއުރީކޮޅު އޮއްސާލައި މަޑުމަޑުން އެއްކޮށްލާށެވެ.
މިހާރު ސްޓުރޯބެރީ މޫސް ތައްޔާރުވީ އެވެ. އައިސް އަލަމާރިއަށްލީ ފުށްގަނޑު ނަގައި އޭގެ މައްޗަށް މޫސް ކޮޅު ފަތުރާލާފައި އަނެއްކާ ވެސް އައިސް އަލަމާރިއަށް ލާނީ އެވެ. އައިސް އަލަމާރީގައި ބަހައްޓާނީ 20 ނުވަތަ 30 މިނެޓު ވަންދެނެވެ. އެއަށްފަހު އެމީހަކު ބޭނުން ގޮތަކަށް ގާނިޝްކޮށްގެން ކެވިދާނެ އެވެ.
ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ
އިތުރު އެޕިސޯޑްތައް
Comment