00:00:00
logologo
ވޯޓްލެވޭ އާބާދީ
282,395
އަލަށް ވޯޓްލެވޭ
27,006
ޖުމްލަ ވޯޓް ފޮށި
574
party logo

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް، ޖޫން 2005 ގައި، އޭރު އޮތް ސަރުކާރުން ހުއްދަ ދިނުމާއެކު ފުރަތަމަ އުފައްދައި ހިންގަން ފެށި ސިޔާސީ ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސިޔާސީ ޕާޓީ ހިންގުމަކީ ކުށެކެވެ. އެހެންވެ އިސްލާހަށް ލޯބިކުރި ބައެއް ފަރާތްތަކުން އަވަށްޓެރި ސްރީ ލަންކާ އަށް އަރުވާލެވިގެން ތިބެ، ނޮވެންބަރު 2003 ގައި އެމްޑީޕީގެ ނަމުގައި ހަރަކާތްތައް ފެށި އެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާއެކު އެމްޑީޕީ ރަޖިސްޓްރީ ކުރީ ޖޫން 21، 2005 ގަ އެވެ. އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، އޭރުގެ ރައީސް މައުމޫން ބަލިކުރީ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ނަޝީދެ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކާއި ސަލާމަތީ ބާރުތައް ގުޅިގެން ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކުމެ އަޑު އުފުލަން ފެށުމުން ފެބުރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވި އެވެ. އެމްޑީޕީއަކީ މިހާރު އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި މެމްބަރުން އެންމެ ގިނަ ޕާޓީ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޝިޔާރު: އުފާވެރި އަމާން ރާއްޖެ ޕާޓީ އުފެއްދި ތާރީހު: ޖޫން 21، 2005 ޕާޓީގެ ރައީސް: ހުސްވެފައި ޕާޓީގެ މެމްބަރުން އަދަދު: 58,000 މަޖިލިސް މެމްބަރުން: 57

ރެޖިސްޓްރީކުރި ތާރީހު
21st Jun 2005
މެންބަރުންގެ އަދަދު
58,000
ކާމިޔާބު ކުރެވިފައިވާ ރިޔާސީ އިންތިޙާބު
2

ޕާޓީގެ ކެންޑިޑޭޓް

candidate picture
ޕްރޮފައިލް ބަލާލުމަށް