
އިލްޔާސް ހުސައިން އިބްރާހީމް
ލިޔުންތެރިޔާ
އިލްޔާސް ހުސައިން އިބްރާހިމް އަކީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރަކެވެ. އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ފުރުއްވި އެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ރައްޔިތުން ފެށި އިސްލާހީ ހަރަކާތުގައި ވެސް އޭނާ އިސް ސަފުގައި ހަރަކާތްތެރިވި އެވެ. މީގެ އިތުރުން އިލްޔާސް ހުސައިން އަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. ދިވެހިރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރުގައި އޭނާ ކުރި ތަޖުރިބާތައް އޭނާގެ އަމިއްލަ ބްލޮގުގައި ލިޔުއްވާފައި ވެ އެވެ.
2 ލިޔުން
ކޮލަމްދުސްތޫރީ ނިޒާމު ފުނޑާލިޔަ ނުދޭށެވެ!
ދަންނާށެވެ! އެކަމެއްގެ ވަގުތުގައި އެކަމެއް ކުރުމަކީ ރައްޔިތުންނަށް ލިބޭ އެންމެ މާތް ފުރުސަތެވެ. އެ ފުރުސަތަކީ އެއްވެސް މީހަކު އަމިއްލަ ބާރުގައި ހަނިކޮށް ބަންދުކޮށްގެން ވާނެ ދޮރުތަކެއް ނޫނެވެ. އެއީ ދުސްތޫރުގެ އިތުރުން ތަބީއީ ގޮތުން ﷲ ހުޅުއްވައިދެއްވާފައިވާ މަގެވެ.
ކޮލަމްމުއިއްޒު އިސްލާހެއް ނުވާނެ، ވެރިކަމުން ދުރުކުރުން ވާޖިބު
ވެރިމީހާ ރަތް ރޮނގު ހުރަސް ކުރާ ހިސާބުން، ވެރިމީހާ އެއީ ފާސިގެކެވެ. މުނާފިގެކެވެ. އަނިޔާވެރިއެކެވެ. އަދި ޒާލިމެކެވެ. ވެރިމީހާ ވެރިކަމުން ބާލާއި އަދުލްއިންސާފުގެ ދަރުބާރަށް ބިޑީގައި ހާޒިރު ކުރަން ޖެހުނީ އެވެ. އެ ހިނދު ވެރިމީހާ އެހުރީ، ރަތް ރޮނގު ހުރަސްކޮށް ނިމިފަ އެވެ.
