އެޑްމިން

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

8 ލިޔުން
"ނަޝީދު މިހާރު ފާޑުވިދާޅުވަނީ ވަޒީރުކަން ނުލިބުމުން": ޝުޖާއުހަބަރު

"ނަޝީދު މިހާރު ފާޑުވިދާޅުވަނީ ވަޒީރުކަން ނުލިބުމުން": ޝުޖާއު

ރައީސް މުއިއްޒުގެ ގާބިލުކަމާ މެދު ސުވާލު އުފައްދަވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، މެންބަރު ޝުޖާއު ވިދާޅުވީ ނަޝީދު ފާޑުވިދާޅުވަނީ ބޭނުންވި ވަޒީރުކަން ނުލިބުމުން ކަމަށެވެ. އަދި މީގެ ކުރިން ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ނަޝީދު ތައުރީފު ކުރައްވާފައިވާތީ، މިހާރު ދައްކަވާ ވާހަކަފުޅުތަކަކީ ސިޔާސީ މަގްސަދެއްގައި ދައްކަވާ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.

މުއިއްޒުގެ ވާހަކަ ބަދަލުވުން؛ މިހާރު އަނިޔާވެރިވުމުގެ ތުހުމަތުރިޕޯޓު

މުއިއްޒުގެ ވާހަކަ ބަދަލުވުން؛ މިހާރު އަނިޔާވެރިވުމުގެ ތުހުމަތު

ޔާމީންގެ ވެރިކަން ދިފާއުކުރައްވައި އެއީ ގާނޫނީ ވެރިކަމެއް ކަމަށް މުއިއްޒު ކުރިން ވިދާޅުވި ނަމަވެސް، މިހާރު އެމަނިކުފާނުގެ ރާގު ބަދަލުވެ ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަމާއި ކޮރަޕްޝަން އޮތް ކަމަށް ވަނީ ވިދާޅުވެފަ.

ގެގް އޯޑަރު ފިޔާޒުގެ ފަރާތުން އިސްތިއުނާފުކޮށްފިހަބަރު

ގެގް އޯޑަރު ފިޔާޒުގެ ފަރާތުން އިސްތިއުނާފުކޮށްފި

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭ ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު، "އަދަދު" ނޫހުގެ ސީއީއޯ ފިޔާޒު މޫސާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މި އަމުރަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ އަމުރެއް ކަމަށް ބުނެ މީގެ ކުރިން އެމްޖޭއޭއިން ހުށަހެޅި މައްސަލަ ބަލައިނުގަތީ، އެއީ މައްސަލައިގެ ހަސްމަކަށް ނުވާތީއެވެ. ކޯޓު އަމުރުގައިވަނީ މައްސަލައިގެ ހަސްމުންނާއި ޝިކާރައަށްވީ ފަރާތާ ގުޅުވައި އެއްވެސް ވާހަކައެއް ދެއްކުމާއި މައުލޫމާތު ފެތުރުން މަނާކޮށްފައެވެ.