Advertisement

ރަމަޟާން 7ވީ7 ލީގު: ޗެމްޕިއަންކަން ލެގޫންސް އާއި ޓީސީ އަށް

about 2 hours 0

ޓީސީ ކުޅުންތެރިން މާސްޓާސް ޑިިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ތަށި އުފުލާލަނީ..---- ފޮޓޯ: އިމޭޖަސް.އެމްވީ


ރަމަޟާން 7ވީ7 ލީގު: ޗެމްޕިއަންކަން ލެގޫންސް އާއި ޓީސީ އަށް

about 2 hours 0

މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ، ރަމަޟާން 7ވީ7 ލީގުގެ ވެޓަރަންސް ކެޓަގަރީގެ ޗެމްޕިއަންކަން ލެގޫންސް ސްޕޯޓްސް ކްލަބުން ހޯދިއިރު، މާސްޓާސް ޑިވިޝަނުގެ ތަށި ޓީސީ ސްޕޯޓްސް ކްލަބުން އުފުލާލައިފި އެވެ.

އެމްއެސްއެމް އިން ރާވާއިންތިޒާމްކޮށްގެން، ހެންވޭރު ދަނޑުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ، މާސްޓާސް ޑިވިޝަނުގައި ޖުމްލަ އަށް ޓީމެއް ވާދަކުރިއިރު، ވެޓަރަންސް ޑިވިޝަނުގައި 10 ޓީމެއް ވާދަކޮށްފައިވެ އެވެ.

ޓީސީން މާސްޓާސް ޑިވިޝަން ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި، ލެގޫންސް އިން ވެޓަރަންސް ފައިނަލުގައި ޕެނަލްޓީ ޖަަހައިގެން މޮޅުވިއިރު، އެ ޓީމު ވެސް މުބާރާތުގައި މެޗަކުން ބަލިނުވެ އެވެ.

ލެގޫންސް އިން 1-1 އިން މެޗުން ޓީސީއާ އެއްވަރުވެ، ޕެނަލްޓީގައި ކުރިހޯދީ 3-1 އިންނެވެ.

ލެގޫންސްގެ ކުޅުންތެރިން ވެޓަރަންސް ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ވެޓަރަންސް ފައިނަލުގައި ލެގޫންސްގެެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ލަނޑު ޖެހިއިރު، ޓީސީގެ ލަނޑު ޖެހީ ހަސަން ސޮލާހު (ހައްޓޭ) އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޓީސީގެ ޔާމީން އިބްރާހިމް (ޔާމްބެ)، މުހައްމަދު ލިޔާހު އަދި ހައްޓޭ އަތުން ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމުގެ ރިލްވާން ވަހީދު (ރިލޭ) ޕެނަލްޓީ ކާމިޔާބުުކުރި އެވެ.

ލެގޫންސް އިން އަހުމަދު ރަޝީދު (އައްމަޑޭ) އާއި އަލީ އަހުމަދު މުހައްމަދު (އައްމަޑޭ) އަތުން ޕެނަލްޓީ ނާކާމިޔާބުވީ ނަމަވެސް ޝަފްލޭ އާއި ހަސަން ސިފާއު އަދި އަލީ ރިސްވާން މުހައްމަދު ޕެނަލްޓީ ކާމިޔާބުކުރި އެވެ.

މާސްޓާސް ފައިނަލުގައި، ޓީސީން ވަނީ ފަސޭހަކަމާ އެކު، 4-1 އިން ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. ޓީސީގެ ލަނޑުތައް ޖެހީ، މުހައްމަދު ޒިޔާދު، މައުސޫމް އަބްދުލް ގަފޫރު (މާސޭ)، އިސްމާއިލް މުހައްމަދު (އިއްސެ) އަދި ހުސެއިން ހަބީބު އެވެ. ސްޓެލްކޯގެ ހަމައެކަނި ލަނޑު ޖެހީ އަބްދުލް ރަހުމާން އަހުމަދު އެވެ.