Advertisement

37 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައި ޓިމޯ ލެސްޓޭ އިން ރާއްޖެ މެޗަށް ތައްޔާރީތައް ފަށައިފި

about 2 hours 0


37 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައި ޓިމޯ ލެސްޓޭ އިން ރާއްޖެ މެޗަށް ތައްޔާރީތައް ފަށައިފި

about 2 hours 0

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް 37 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައިގެން ޓިމޯ ލެސްޓޭ އިން ފަރިތަކުރުންތައް ފަށައިފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗުތައް އޮތީ މި މަހު ފަހުކޮޅުގަ އެވެ. އެ ގޮތުން, ގްރޫޕް އޭގެ ފަހު މެޗުތަކަށް ބަލާއިރު، ރާއްޖޭން އަމިއްލަ ދަނޑުގައި މި މަހު 31 ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، މި ގްރޫޕްގެ އަނެއް މެޗުގައި ތަޖިކިސްތާނުން ބައްދަލުކުރާނީ ފިލިޕީންސާ އެވެ.

މި ވަގުތު، މި ގްރޫޕްގެ އެއް ވަނައިގައި ތަޖިކިސްތާނުން އޮތީ ދެ ވަނައިގައި އޮތް ފިލިޕީންސާ އެއްވަރަށް ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ތަޖިކިސްތާން އޮތީ އެއް ގޯލު ކުރީގަ އެެވެ.

ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.


ޓިމޯ ލެސްޓޭ އިން ވަނީ މިދިޔަ އަހަރު ޖޫން މަހު އެ ގައުމުގައި ކުޅުނު މެޗުން، ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. އެކަމަކު، އެ މެޗުގައި ޓިމޯ ލެސްޓޭގެ ކޯޗަކަށް ހުރި ޗިލީގެ ސިމޯން އެލިސީޗް އެ މަގާމުން ވަކިކޮށް، މިދިޔަ އޮގަސްޓް މަހު، އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ، ޕޯޗުގީސް ފުޓްބޯޅައިގެ ތަޖުރިބާކާރު ޒީ ޕެޑްރޯ އެވެ.

ޒީ ޕެޑްރޯ ހަވާލުވި ފަހުން، ޓިމޯ ލެސްޓޭ ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ، ފިލިޕީންސް އަތުން ދެ މެޗުންނާއި ތަޖިކިސްތާން އަތުންނެވެ.

ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ޒީ ޕެޑްރޯގެ އިރުޝާދުގެ ދަށުން އެކުލަވާލި 37 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ގިނައިން ހިމަނާފައިވަނީ ޒުވާން ކުޅުންތެރިންނާއި ކުރިމަގުގައި ގައުމީ ޓީމުގައި ލީޑުކުރާނެ ކުޅުންތެރިން ކަމަށް އޭނާއާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ޓިމޯ ލެސްޓޭ އިން ރާއްޖެ މެޗުގައި ބަލިނުވެ ފަރުޖައްސާލައިގެން، ގްރޫޕްގެ އެންމެ ފުލުގައި ނިންމަން ނުޖެހޭ ގޮތަށް ނަތީޖާ ނެރެން މަސައްކަތް ކުރާނެ ކަމަށް ޒީ ޕެޑްރޯ ވަނީ ބުނެފަ އެވެ.