މާލޭގައި އުޅޭ ބުޅާތަކެއް
ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ މައްސަލައާ ގުޅުގެން ތިން މީހުންނާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ވަނީ ނަގާފަ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މައްސަލަ ރިޕޯޓުކުރީ މާޗު 12 ވަނަ ދުވަހުގެ ރޭ 19:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ޖަނަވާރުންނަށް އަނިޔާކުރުމަކީ ގާނޫނީ ކުށެއް ކަމަށް ވާއިރު، ގާނޫނުލްއުގޫބާތުގައިވާ ގޮތުން، އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުމަކީ ކުށެކެވެ. މި ކުށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
Comment