Advertisement

"ނެކްސްޓައިލް" އޮންލައިން ފިހާރަ ހުޅުވައިފި

about 1 hour 0


"ނެކްސްޓައިލް" އޮންލައިން ފިހާރަ ހުޅުވައިފި

about 1 hour 0

ރާއްޖޭގައި އޮންލައިން ވިޔަފާރި ފުޅާވަމުން އަންނައިރު، ނެކްސްޓައިލް (nextyle.mv) ގެ ނަމުގައި ލައިފްސްޓައިލް އަދި ފެޝަންއަށް ހާއްސަ އޮންލައިން ފިހާރައެއް ހުޅުވައިފި އެވެ.

މި އާ މަންސައަކީ ފަސޭހަކަމާއެކު ގޭގައި ތިބެގެން، ފެންވަރު ރަނގަޅު އަދި ޒަމާނީ ފެޝަން ސާމާނު ގަނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ހަބެކެވެ.

މަޝްހޫރު ކޮލެޖު އާއި ޗެމްބަރ ފިހާރަ ހިންގާ ކުންފުނިން އިފުތިތާހުކުރި މި އޮންލައިން ފިހާރައިން ފިރިހެނުން އަދި ކުޑަކުދިންގެ އަންނައުނުގެ އިތުރުން މަޝްހޫރު ބައެއް ބްރޭންޑުތައް ލިބެން އެބަ ހުއްޓެވެ.

"ކުރިއަށް އޮތް ތަނުގައި އަންހެނުންގެ އަންނައުނު ވެސް ތައާރަފުކުރާނަން،" ނެސްޓައިލްއިން ބުންޏެވެ.


ނެކްސްޓައިލްގެ އެންމެ ބޮޑު އެއް ސިފައަކީ ކަސްޓަމަރުންނަށް މުދާ ހޯދުމުގައި ލިބޭ ފަސޭހަކަމެވެ.

ވެބްސައިޓުން ބޭނުންވާ އެއްޗެއް ހިޔާރުކޮށްލުމުން، މާލެ އަދި ހުޅުމާލެއަށް ވަރަށް އަވަހަށް ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ރަށްރަށުން ދޭ އޯޑަރުތައް ފެރީ ނުވަތަ ބޯޓަށް ގެންގޮސްދޭނެ އެވެ.

ނެކްސްޓައިލް އިން އެދެނީ އޯޑަރު ކުރާއިރު، މުދާ ފޮނުވަންވީ އެޑްރެހާއި ގުޅޭނެ ނަންބަރު ރަނގަޅަށް ޗެކްކުރުމަށެވެ. މިއީ މުދާ ފޮނުވުމުގައި ދިމާވެދާނެ ލަސްވުންތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެންމެ ފަހުގެ ފެޝަން ކަލެކްޝަންތައް ބަލާލައި، އޯޑަރު ކުރުމަސް www.nextyle.mv އަށް ޒިޔާރަތްކޮށްލާށެވެ.