Advertisement

މިދިޔަ އަހަރު އިންޑިއާގެ އިގުތިސޯދު އަށް ޕަސެންޓު ކުރިއެރި: އެސްބީއައިގެ ދިރާސާ

about 2 hours 0


މިދިޔަ އަހަރު އިންޑިއާގެ އިގުތިސޯދު އަށް ޕަސެންޓު ކުރިއެރި: އެސްބީއައިގެ ދިރާސާ

about 2 hours 0

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިންޑިއާގެ އިގްތިސާދީ ދުވެލި ހުރީ އަށް އިންސައްތައަށްވުރެ މަތީގައި ކަމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެރުނު ދިރާސާ ރިޕޯޓަކުން ދައްކައިފި އެވެ.

އެ ބޭންކުން ލަފާކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އިންޑިއާގެ އިގުތިސޯދު ޖީޑީޕީގެ ނިސްބަތުން 8.1 ޕަސެންޓު ކުރިއެރި އެވެ. މިއީ އެހެން އިދާރާތަކުން ލަފާކުރި މިންވަރަށްވުރެ މަތީ އަދަދެކެވެ.

ރޭޓިން އެޖެންސީ އިކްރާއިން ލަފާކުރީ 7.2 ޕަސެންޓުގެ ކުރިއެރުމެއް ކަމަށްވާއިރު ރިޒާވް ބޭންކް އޮފް އިންޑިއާއިން މީގެ ކުރިން ލަފާކުރީ ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ.

މި ކުރިއެރުން އައިސްފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުމާއެކު މީހުން މުދަލާއި ހިދުމަތް ބޭނުންކުރާ މިންވަރު އިތުރުވުން ހިމެނެ އެވެ.

އެސްބީއައި އިން ބެލި 50 އިންޑިކޭޓަރުގެ ތެރެއިން 87 އިންސައްތަ އިންޑިކޭޓަރުން ދައްކަނީ އިގްތިސާދީ ދުވެލި ބާރުވަމުންދާ ކަމަށެވެ.

ސަރުކާރު ހިއްސާވާ ބޭންކުތަކުން ވަނީ އަމިއްލަ ބޭންކުތަކަށްވުރެ މާ ރަނގަޅު ނަތީޖާއެއް ނެރެފަ އެވެ.

މީގެ އިތުރުން، ބޭންކުތަކަށް ފައިސާ ޖަމާކުރާ މިންވަރަށްވުރެ ބޭންކުތަކުން ލޯނު ދޫކުރާ މިންވަރު މަތިވަމުންދާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.