about 2 hours 0
about 2 hours 0
ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމްއާ ގުޅުން އޮންނަ ކުންފުންޏަކުން އދ. ދިގުރަށުގައި ގަވާއިދާ ހިލާފަށް ގެސްޓް ހައުސް ހިންގަމުން އަންނަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ އާއިލާގެ ބޭފުޅެއްގެ ނަމުގައި ހިންގާ "ޓީއެމްއީ ރެޓްރީޓްސް ދިގުރަށް" ގެސްޓް ހައުސްގައި 28 ކޮޓަރި ހިންގާ ކަމަށް އެ ތަނުގެ ވެބްސައިޓުގައި ބުނެފައިވެ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ވަނީ އެންމެ 15 ކޮޓަރި އެވެ.
އެ މައްސަލައިގައި ކޮމެންޓެއް ހޯދަން މި ނޫހުން މިނިސްޓަރު ތޯރިގަށް ގުޅި ނަމަވެސް މިއަދު އޭނާ ފޯނު ނުނަންގަވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ޓީއެމްއީ ރެޓްރީޓްސް އިން ދިގުރަށުގައި ރަޖިސްޓްރީކޮށްގެން ދެ ގެސްޓް ހައުސްއެއް ހިންގަ އެވެ. އެއީ 11 ކޮޓަރީގެ ގެސްޓް ހައުސްއަކާއި ހަތަރު ކޮޓަރީގެ ތަނެކެވެ. އެކަމަކު، އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ހަތް ކެޓަގަރީއެއްގެ 28 ކޮޓަރި އެ ތަނުން ވިއްކަ އެވެ.
ތޯރިގަކީ ގެސްޓް ހައުސްގެ ވިޔަފާރިއަށް އެންމެ ކުރިން ވަން ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ދިގުރަށުގައި އޭނާ ގެސްޓް ހައުސްއެއް އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރެވެ. އެއީ އެ ރަށުގައި ހުޅުވި އެންމެ ފުރަތަމަ ގެސްޓް ހައުސް އެވެ.
Comment