18 ފެބުރުވަރީ 2026 - 14:27 0
18 ފެބުރުވަރީ 2026 - 14:27 0
ޗައިނާގެ ވިޔަފާރިވެރިޔަކާއެކު ސިއްރު ބައްދަލުވުމެއްގެ މައްސަލަ ފެންމަތިވެ ޕެރޫގެ ރައީސްގެ މަގާމުން ހޯސޭ ޖެރީ ވަކިކުރަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
އޭނާގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓުގައި އިތުބާރު އޮތް ކަމަށް ފެންނަ ކަމަށް ވޯޓު ދިނީ 24 މެންބަރުންނެވެ. އޭނާ މަގާމުން ވަކިކުރުމަށް 75 މެންބަރުން ވޯޓު ދިނެވެ.
ހޯސޭ ބައްދަލުކުރީ ޗައިނާގެ ވިޔަފާރިވެރިޔެއް ކަމަށްވާ ޝީހުއާ ޔަންގްއާ އެވެ. އޭނާއަކީ ޕެރޫގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ މީހެކެވެ. އެ ދެ މީހުންގެ ބައްދަލުވުމުގެ ވީޑިއޯ ވަނީ ލީކުވެފަ އެވެ.
އެ ބައްދަލުވުމުގައި އެއްވެސް ގާނޫނާ ހިލާފު ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި އެފަދަ ކަމަކަށް އެއްބަސްވެފައި ނުވާ ކަމަށް ވެސް ހޯސޭ ބުންޏެވެ.
ހޯސޭ އަކީ ޕެރޫގެ ރައީސްގެ މަގާމާ 2018 ގެ ފަހުން ހަވާލުވި ހަތްވަނަ މީހާ އެވެ. އެންމެ ފަހުގެ ތިން ރައީސުން ވެސް މަގާމުން ވަކިކުރީ ގާނޫނު ހަދާ މަޖިލީހުންނެވެ.
އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ޕެރޫގައި ރައީސަކު ހޮވަން އާންމު އިންތިހާބެއް ބާއްވާނެ އެވެ.
Comment