17 ފެބުރުވަރީ 2026 - 07:23 0
17 ފެބުރުވަރީ 2026 - 07:23 0
ލަންޑަން (ފެބްރުއަރީ 17) - އިނގިރޭސި ހުރިހާ ފުޓްބޯޅަ މުބާރާތެއްގެ މެޗުތަކުގެ ތެރެއިން، މުސްލިމް ކުޅުންތެރިންނަށް ރޯދަ ވިއްލުމުގެ ފުރުސަތު ދިނުމަށް އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި ފުޓްބޯލް ލީގުން ނިންމައިފި އެވެ.
އިނގިރޭސި ފުޓްބޯޅައިގައި މެޗުގެ ތެރެއިން ރޯދަ ވިއްލުމުގެ ފުރުސަތު ދިނުމަށް އެންމެ ފުރަތަމަ އެއްބަސްވުމެއް ގާއިމްކުރެވުނީ 2021 ވަނަ އަހަރު އެވެ. އެ ގޮތުން، މެޗެއް ހުއްޓާފައި ރޯދަ ވިއްލުމަށް އިނގިރޭސި ޕްރިމިއާ ލީގުގައި ވަގުތު ދިން މެޗަކީ، ލެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ވާދަކުރި މެޗެއްގަ އެވެ. އެއީ، އޭރު ލެސްޓާ އަށް ކުޅުނު ވެސްލީ ފޮފާނާ އާއި ޗެއިކޫ ކުޔާޓޭ އަށް ދިން ވަގުތެކެވެ.
އޭގެ ފަހުން، މިދިޔަ އަހަރުތަކުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކުގައި، "ފާސްޓިން ބްރޭކް" ގެ ނަމުގައި ރޯދަ ވިއްލަން މެޗުގެ ތެރެއިން ހާއްސަ ވަގުތަކަށް ކުޅުން ހުއްޓާލަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ކުޅެމުން އަންނަ މުސްލިމް ކުޅުންތެރިންނަށް ބަލާއިރު، ލިވަޕޫލްގެ މުހައްމަދު ސަލާހު، އާސެނަލްގެ ވިލިއަމް ސަލީބާ، މެންޗެސްޓާ ސިޓީގެ ރަޔާން އަޔަތު-ނޫރީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އަމަދު ޑިއާލޯ އަދި ނުސައިރު މަޒްރައޮއީ ހިމެނެ އެވެ.
Comment