Advertisement

ކުޅޭނެ ރަނގަޅު ޓީމެއް ނެތިފައި ހުރި ސްޓާލިން އަށް ފެޔަނޫޑުން ފުރުސަތު ދީފި

about 2 hours 0


ކުޅޭނެ ރަނގަޅު ޓީމެއް ނެތިފައި ހުރި ސްޓާލިން އަށް ފެޔަނޫޑުން ފުރުސަތު ދީފި

about 2 hours 0

ލަންޑަން (ފެބްރުއަރީ 13) - ޗެލްސީއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ނިމުމަކަށް ގެނެސް ކުޅޭނެ ރަނގަޅު ޓީމެއް ނެތިފައި ހުރި އިނގިރޭސި ފޯވާޑް، ރަހީމް ސްޓާލިން އަށް ނެދަލެންޑްސްގެ ކްލަބް، ފެޔަނޫޑުން ކޮންޓްރެކްޓެއް ދީފި އެވެ.

މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި، ސްޓާލިން، 31، ވަނީ ޗެލްސީއާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފަ އެވެ. ހަފްތާ އަކު، 375،000 ޑޮލަރު ލިބޭ ގޮތަށް ޗެލްސީއާ އެކު ސްޓާލިން ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ 18 މަސް އޮއްވައި، އުވާލަން ނިންމީ ދެ ފަރާތް އެއްބަސްވެވޭ އަގެއް ދައްކާ ގޮތަށެވެ. އެކަމަކު، އެއީ ވަކި މުއްދަތެއްގެ ތެރޭގައި ބަހާލައިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލިވަޕޫލް، މެންޗެސްޓާ ސިޓީ އަދި އާސެނަލަށް ކުޅެފައިވާ ސްޓާލިން އަށް މިދިޔަ މަހު ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވީ ނަމަވެސް އޭނާ އެދޭފަދަ ރަނގަޅު ޓީމަކުން އޮފާއެއް ނުލިބެ އެވެ. އެކަމަކު، ނެދަލެންޑްސް ލީގުގައި، އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު، ރޮބިން ވެން ޕާސީ ކޯޗުކޮށްދޭ ފެޔަނޫޑުން ފުރުސަތު ލިބުމާ އެކު، މި ސީޒަނުގެ ނިޔަލަށް ސްޓާލިން ވަނީ އެ ޓީމަށް ބަދަލުވެފަ އެވެ.

އިނގިރޭސި ގައުމީ ޓީމަށް 82 މެޗު ކުޅެދީފައިވާ ސްޓާލިން ބުނީ، މުސްތަގުބަލާ ގުޅޭ މުހިންމު ނިންމުމެއް ނިންމަން މި ފަހަރު ފުރުސަތު ލިބުނީ އަމިއްލަ ކެރިއަރުގެ މަސްލަހަތު އިސްކޮށްފައި ކަމަށާއި އެ އަށް ބަލާއިރު، ފެޔަނޫޑަކީ ކެރިއަރުގައި ކުރިއަށްދާން މި ވަގުތަށް ބަލާއިރު ރަނގަޅު ކްލަބެއް ކަމަށެވެ.