Advertisement

އިނގިރޭސިވިލާތުން ވަގަށް ނެގި އާސާރުތައް ނައިޖީރިއާއާ ހަވާލުކޮށްފި

about 2 hours 0

މްބްރިޖްގައި ހުރި ބެނިންގެ 'އޯބާ' ރަސްގެފާނާ ގުޅޭ އާސާރީ އުފެއްދުމެއް


އިނގިރޭސިވިލާތުން ވަގަށް ނެގި އާސާރުތައް ނައިޖީރިއާއާ ހަވާލުކޮށްފި

about 2 hours 0

ނަވާރަ ވަނަ ގަރުނުގެ ފަހުކޮޅު އިނގިރޭސި ސިފައިން ނައިޖީރިއާއިން ވަގަށް ނަގައިގެން ގެންގޮސް، ކެމްބްރިޖް ޔުނިވަސިޓީގައި ބަހައްޓާފައި ހުރި 100 އަށްވުރެ ގިނަ އާސާރުތައް ނައިޖީރިއާ ސަރުކާރާ ހަވާލުކޮށްފިއެވެ.

ކެމްބްރިޖް ޔުނިވަސިޓީއާއި ނައިޖީރިއާގެ ނޭޝަނަލް ކޮމިޝަން ފޯ މިއުޒިއަމްސް އެންޑް މޮނިއުމެންޓްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ޖުމްލަ 116 އާސާރީ ތަކެތި އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

'ބެނިން ބްރޮންޒަސް' ގެ ނަމުން މަޝްހޫރުވެފައިވާ މި ތަކެއްޗަކީ 1897 ވަނަ އަހަރު އިނގިރޭސި ސިފައިން ބެނިން ސިޓީ އިސްތިއުމާރު ކުރި ދުވަސްވަރު ވަގަށް ނަގައިގެން ގެންގޮސްފައިވާ ތަކެއްޗެވެ.

މި ތަކެތީގެ ތެރޭގައި 15 ވަނަ ގަރުނާއި 19 ވަނަ ގަރުނާ ދެމެދު މައުދަނުން އުފައްދާފައިވާ ބުދުތަކާއި، ފިލާގަނޑުތަކުގެ އިތުރުން ކަނޑާނަގާފައިވާ އަގުބޮޑު ފަންނީ މަސައްކަތް ހިމެނެއެވެ. މި ތަކެއްޗަކީ ނައިޖީރިއާގައި ދީނީ އަދި ތާރީހީ ގޮތުން ބޮޑު ގަދަރެއް ދެވިފައިވާ ތަކެއްޗެވެ.

ނައިޖީރިއާގެ ނޭޝަނަލް ކޮމިޝަން ފޯ މިއުޒިއަމްސް އެންޑް މޮނިއުމެންޓްސްގެ ޑައިރެކްޓަ ޖެނެރަލް އޮލުގްބިލޭ ހޮލޯވޭ ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން މި ތަކެތި ނައިޖީރިއާއަށް ގެންގޮސް ނިންމޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މި ތަކެތި އަނބުރާ ލިބުމަކީ ހަމައެކަނި މާއްދީ އެއްޗެއް ލިބުމެއް ނޫން. މިއީ މި ތަކެތި ގެންދިޔުމުން ގެއްލިގެންދިޔަ އަޅުގަނޑުމެންގެ ޝަރަފާއި އިއްޒަތް އަލުން އިއާދަވުން،" އޭނާ ވިދާޅުވިއެވެ.

މި ތަކެތި އަނބުރާ ހަވާލުކުރުމަށް ނިންމީ 2022 ވަނަ އަހަރު ނައިޖީރިއާ ސަރުކާރުން ކުރި ރަސްމީ އިލްތިމާސަކާ ގުޅިގެން، ޔޫކޭ ޗެރިޓީ ކޮމިޝަނުން އެ ހުއްދަ ދިނުމުންނެވެ.