about 2 hours 0
about 2 hours 0
ތައިލެންޑުގައި މި މަހު ކުރިއަށްދާ ޓީއޭއޭޕީ 2026 އެސްބީޑީ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕްގައި ޕަވާލިފްޓިން ރާއްޖޭން ދެ އެތުލީޓުން ރާއްޖެ ތަމްސީލްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ގޮތުން، މި މަހު 21 ވަނަ ދުވަހު ފަށާ އެ މުބާރާތުގައި، ޕަވާލިފްޓިން ރާއްޖޭން ވާދަކުރަނީ، އާދަމް މިބްސާމް ސަލީމް އާއި އިމްކާން އިބްރާހިމް އެވެ.
މީގެ ތެރެއިން، މިބްސާމް ވާދަކުރުމަށް ހަމަޖެހިފައިވަނީ 66 ކިލޯ ޖޫނިއާ ކެޓަގަރީގަ އެވެ. އަދި، އިމްކާން ވާދަކުރަނީ، 74 ކިލޯގެ އޯޕަން ކެޓަގަރީގަ އެވެ.
ޓީއޭއޭޕީ 2026 އެސްބީޑީ އިންވިޓޭޝަނަލް ޗެމްޕިއަންޝިޕަށް އެތުލީޓުން ކޮލިފައިވެފައިވަނީ، މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފަޔާ 2 އަށް ބަލައިގެންނެވެ. އެ މުބާރާތުގައި މިބްސާމް ވަނީ 578 ކިލޯގެ ޖުމްލައެއް ހާސިލްކޮށްފަ އެވެ. އަދި، އިމްކާން ވަނީ 560 ކިލޯ އުފުލައިފަ އެވެ.
މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލައި، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމަށް ފުރުސަތު ލިބިފައިވަނީ، މިބްސާމް އާއި އިމްކާން އަށެވެ.
މިބްސާމް އާއި އިމްކާން އަކީ، އެންމެ ފަހުން ބޭއްވި ގައުމީ ލެވަލްގެ މުބާރާތުގެ ރާއްޖޭގެ ގައުމީ ޗެމްޕިއަނުންގެ އިތުރުން، ރެކޯޑް ހޯލްޑަރުން ވެސް މެ އެވެ. އެ ގޮތުން، އިމްކާން އާއި މިބްސާމް އަކީ މި ވަގުތަށް ބަލާއިރު ރާއްޖޭގެ ލިފްޓަރުންގެ ތެރެއިން، ހަޔަސްޓް ގުޑް ލިފްޓް ޕޮއިންޓް (ޖީއެލްޕީ) ހާސިލްކޮށްފައިވާ އެތުލީޓުންނެވެ. އަދި، މިބްސާމް އަކީ، ތައި ނެޝަނަލް ޕަވާލިފްޓިންގެ ދެ ކެޓަގަރީއެއްގެ ރެކޯޑް ހޯލްޑަރެކެެވެ.
Comment