Advertisement

ލޯ ފުސްވޭތަ؟ ކެޓަރެކްޓަށް ވެދާނެ!

about 1 hour 0


ލޯ ފުސްވޭތަ؟ ކެޓަރެކްޓަށް ވެދާނެ!

about 1 hour 0

ލޮލުގެ ފެނުމަކީ ﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެކެވެ. ފެނުމަށް ބަދަލެއް އަންނަކަން ފާހަގަ ކުރެވޭނަމަ، "މިއީ އުމުރުން ދުވަސްވީމާ ވާގޮތް" ކަމަށް ބަލައި ހަނު ނުހުންނާށެވެ. މިއީ އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫނެވެ.

ބައެއް ފަހަރު މިއީ ވަރުބަލިވުމުގެ ސަބަބުން ނުވަތަ ނަންބަރު އައިނު ބޭނުންވާތީ ދިމާވާ ކަމަކަށް ވިޔަސް، ގިނަ ފަހަރަށް މިއީ "ކެޓަރެކްޓް" ގެ ކުރީކޮޅުގެ އަލާމާތެކެވެ.

ކެޓަރެކްޓް އަކީ ކޮބައި؟

ކެޓަރެކްޓަކީ ލޮލުގެ ކަޅުކަޅީގެ އެތެރޭގައި އިންނަ ސާފު "ލެންސް" ފުސްވުމެވެ. މީގެ ސަބަބުން ލޮލަށް ވަންނަ އަލި އެތެރެއަށް ފޯރުމަށް ހުރަސްތަކެއް ކުރިމަތިވެ، މަންޒަރުތައް ސާފުކޮށް ފެނުމުގެ ބަދަލުގައި ފުސްކޮށް ފެންނަން ފަށައެވެ. ގިނަ ފަހަރަށް މިއީ ކުއްލިއަކަށް ވާ ކަމެއް ނޫނެވެ. ވަރަށް ލަސްލަހުން އަހަރުތަކެއްގެ ތެރޭގައި އިތުރުވަމުންދާ ކަމެކެވެ.

ކެޓަރެކްޓް ހުރިކަން ދެނެގަންނާނީ ކިހިނެއް؟

ތިރީގައިވާ ކަންކަން ތަހައްމަލު ކުރަންޖެހޭނަމަ، ލަސްނުކޮށް ލޮލުގެ ޑޮކްޓަރަކަށް ދައްކާލުން މުހިންމެވެ:

  • މަންޒަރުތައް ފުސްވުން
  • ރޭގަނޑު ފެނުން ދަތިވުން
  • އަލިގަދަވެގެން އުނދަގޫވުން
  • ކުލަތައް ފަނޑުވުން
  • އައިނުގެ ނަންބަރު އަވަސް އަވަހަށް ބަދަލުވުން

ކެޓަރެކްޓް ޖެހެން މެދުވެރިވާ ސަބަބުތައް

ކެޓަރެކްޓް ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ އުމުރުން ދުވަސްވުމެވެ. ނަމަވެސް އެހެން ބައެއް ސަބަބުތަކާ ހުރެ ޒުވާން އުމުރުގައިވެސް މި މައްސަލަ ދިމާވެދާނެއެވެ:

  • ހަކުރު ބަލި ހުރުން.
  • ދުންފަތުގެ އިސްތިޢުމާލު ކުރުން.
  • ލޮލަށް ލިބޭ އަނިޔާއެއްގެ ސަބަބުން.
  • ގިނަ ދުވަހު "ސްޓީރޮއިޑް" ބޭސް ބޭނުންކުރުން.
  • އަވީގައި ގިނަގިނައިން އުޅުން

އައިކެއާ ހޮސްޕިޓަލް


ފަރުވާއަކީ ކޮބާ؟

ކެޓަރެކްޓަށް އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ އޮޕަރޭޝަން ކުރުމެވެ. މިއީ މިހާރު ވަރަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު ކުރެވޭ ކުޑަ އޮޕަރޭޝަނެކެވެ. ކެޓަރެކްޓް (ލޮލުގެ ފުސްކެހުމުގެ) އޮޕަރޭޝަނަކީ އެއްވެސް ވަރަކަށް ލޭ އޮހޮރުމެއް ނެތި، ތަދަކާ ނުލައި އަދި ސްޓިޗް ކުރަން ނުޖެހޭ ގޮތަށް ކުރިއަށްގެންދެވޭ އޮޕަރޭޝަނެކެވެ.

ފުސްވެފައިވާ ލެންސް ނެގުމަށްފަހު، އާޓިފިޝަލް ލެންސެއް ލޮލަށް ލައްވަނީއެވެ. މީގެ ސަބަބުން ކުރިއެކޭ އެއްގޮތަށް ފެނުން ސާފުވެގެންދެއެވެ. ކެޓަރެކްޓް (ލޮލުގެ ފުސްކެހުމުގެ) އޮޕަރޭޝަނަކީ އެއްވެސް ވަރަކަށް ލޭ އޮހޮރުމެއް ނެތި، ތަދަކާ ނުލައި އަދި ސްޓިޗް ކުރަން ނުޖެހޭ ގޮތަށް ކުރިއަށްގެންދެވޭ އޮޕަރޭޝަނެކެވެ.

-- މިއީ އައިކެއާއިން ގެނެސްދީފައިވާ ލިޔުމެކެވެ.