about 2 hours 0
އަމަން ހަލީމް
އެމްޑީޕީގެ މެންބަރުން ތަޅުމުގައި އިހުތިޖާޖުކުރަނީ: މިހާތަނަށް ދެ މެންބަރަކު ވަނީ ތަޅުމުން ބޭރުކޮށްލާފައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
about 2 hours 0
ރިޔާސީ ބަޔާން އިއްވި ވަގުތު ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް އިދިކޮޅު އެމްޑީޕީ މެންބަރުން ގޮވާލަމުން ދަނިކޮށް، ބައެއް މެންބަރުންގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާއިން ބޭރުކޮށްލީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ. މި ދެ މެންބަރުންގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއަށް ވެސް ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން އިލްތިމާސްކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި އިހުތިޖާޖު ކުރުމުގެ ގޮތުން އެމްޑީޕީގެ މެންބަރުން ވަނީ ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު ކަށިގަނޑު ފުމެފަ އެވެ.
Comment